ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލައިން ސްކޫލް ދަރިވަރުންނަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ޙައްޤުތަކާއި، މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިބައިން އެދަރިވަރުންނަށް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އައްޑޫގައި ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގައި ކިޔަވަމުންދާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް އެދި މަޖިލީހަށް ހުށައަޅާފައިވާ މައްސަލާގައި ދަރިވަރުންނަށް ބަދަލު ނަގައިދިނުމުގެ މައްސަލަ ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ ވޯޓުންނެވެ.

ފްލައިން ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލައަށް ހައްލެ ހޯދައިދިނުމަށް އދި މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށްފައިވަނީ ޤައުމީ ތަރިކައިގެ ކޮމިޓީންނެވެ. އެކޮމިޓިން ދިރާސާކޮށް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފައިވަނީ އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް ހުރަސް އެޅިފައިވާތީ، އެދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އެޅުމަށް ސަރުކާރަށް ހުށައެޅުމަށެވެ.

މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ޙައްޤުތަކާއި އެ ދަރިވަރުންނަށް މާލީގޮތުން ލިބިފައިވާ ގެއްލުންތަކުގެ ބަދަލު ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގެ ކިބައިން ދަރިވަރުންނަށް ސަރުކާރުން ހޯދައިދިނުމަށެވެ. އަދި އޭޝިއަން އެކެޑެމީ އޮފް އެރޮނޯޓިކްސްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިބައިން ނިގުޅައިގަނެވިފައިވާ ޙައްޤުތަކާމެދު ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވައި އެފަރާތްތަކާމެދު ދައުލަތުގެ ކަމާގުޅޭ އިދާރާތަކުން ފިޔަވަޅު އެޅުމަށާއި، ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖޭގައި މިފަދަ އިންސްޓިޓިއުޓްތައް ހިންގުމުގެ ހުއްދަ ދޭންޖެހޭނީ، ހަރުދަނާ ގަވާއިދުތައް ހެދުމަށްފަހު އެ ގަވާއިދުތަކުގެ ތެރެއިންކަމަށް މަޖިލީހުން ފާސްކޮށްފައިވެއެވެ.

މީގެ އިތުރުން ދިވެހި ދަރިވަރުންގެ އިތުރުން ބިދޭސީ ދަރިވަރުންނަށްވެސް ހުޅުވާލެވިގެން ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ފެންވަރުގެ ފްލައިންގ ސްކޫލެއް ހިންގުމަކީ އެކަމުގެ ސަބަބުން ޤައުމުގެ ކުރިމަގަށާއި ޤައުމުގެ އިޤްތިޞާދަށް އެތައް ފައިދާއެއް ކުރާނެ މުހިންމު ކަމެއްކަމަށް ކޮމިޓީއަށް ފެންކަމަށާއި، ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން ދިވެހިރާއްޖޭގައި އެފަދަ ފްލައިންގ ސްކޫލެއް ހިންގޭނެ މަގު ވީ އެންމެ އަވަހަކަށް ފަހިކޮށްދިނުމަށްވެސް މަޖިލީހުން ފާސްކުރި ރިޕޯޓްގައި ސަރުކާރަށް ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: