ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާގައި ހިނގި ހަމަނުޖެހުމެއްގެ މައްސަލައިގައި ޒެނީޝާއަށް ދައުވާކޮށްދޭން އެދިއްޖެ

ކުރީގެ ޖެންޑާރ މިނިސްޓަރު ޒެނީޝާ ޒަކީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހަމަނުޖެހުމެއްގައި، ތަނުގެ ތެރެއިން ކުދިން ނެރެގެން ގެންދިޔައީ އުސޫލާއި ހިލާފަށްކަމަށް ބުނެ ކުރީގެ ޖެންޑާރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއަށް ދައުވާކޮށްދޭން އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އެޗްއާރުސީއެމުން ތަހުގީގު ކުރި މައްސަލައެއްގައި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނާއި ދައުލަތުގެ ކަމާގުޅޭ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

ޒެނީޝާގެ މައްޗަށް ކުރަނީ ކޮން ތުހުމަތުތަކެއްކަން ސާފެއް ނޫނެވެ. ނަމަވެސް އެނގިފައިވާ ގޮތުން މިއީ ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހަމަނުޖެހުމެއްގައި ބައެއް ކުދިން ނެރެގެން ގެންދިޔައީ އުސޫލާއި ހިލާފަށްކަމަށް ބުނާ މައްސަލައެކެވެ. އަދި އެ ކުދިން ތަނުން ނެރެގެން ގެންދިއުމުގައި ފުލުހުންގެ އެހީތެރިކަން ހޯދިއިރު، ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ބައެއް އިޖުރާއަތްތަކަށް އަމަލުކޮށްފައި ނުވާކަމަށް ބުނެ އެވެ.

މުވައްޒަފުންގެ މައްޗަށް ކުރަނީ އިހުމާލުގެ ތުހުމަތުތަކެކެވެ. މައްސަލައިގައި ޕީޖީން ހަފްތާއެއްގެ ތެރޭގައި ގޮތެއް ނިންމާނެ އެވެ. އަދި އެޗްއާރުސީއެމްއާއި އެކު މައްސަލައާއި ގުޅޭގޮތުން މަޝްވަރާތަކެއް ދަނީ ކުރަމުންނެވެ.

އެޗްއާރުސީއެމްއިން ދައުވާކޮށްދޭން އެދި ފޮނުވި 30 މީހުންގެ ތެރޭގައި، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވެސް ހިމެނެ އެވެ.

މި މައްސަލައިގައި އެޗްއާރުސީއެމްއިން މީޑިއާތަކަށް އެއްވެސް މައުލޫމާތެއް ދީފައި ނުވެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖެންޑާރ މިނިސްޓަރުކަން ކުރި ޒެނީޝާއަކީ ހިޔާގެ މަސައްކަތްތައް އެންމެ ގާތުން ބެލެހެއްޓި މިނިސްޓަރެވެ. އެގޮތުން ހަފްތާ ބަންދުތަކުގައި ހިޔާގެ ކުދިންނާއި އެކު ވަގުތު ހޭދަ ކުރުމާއި، އެ ކުދިންނަށް އަމާޒުކޮށް ތަފާތު އެކި ޕްރޮގްރާމްތަކެއް ޒެނީޝާ ހިންގެވި އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: