ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެވެށި އަނިޔާ ލިބޭ މީހުންނަށް ގާނޫނީ އެހީތެރިކަން ދެނީ!

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަވިސަސް އާއި، ހޯޕް ފޯރ ވިމެންއާއި އެކު އެމްއޯޔޫގައި ސޮއިކުރުން/ ފޮޓޯ: ޖެންޑާރ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި، ހޯޕް ފޯރ ވިމެންއާއި އެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި، ސޮއިކޮށްފި އެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން އެވެ. ހޯޕް ފޯރ ވިމެންގެ ފަރާތުން ސޮއިކުރެއްވީ ޗެއަޕާސަން އަޙްމަދު އަންވަރު އެވެ.

މި އެމްއޯޔޫ އަކީ މިނިސްޓްރީއަށް ހުށަހެޅޭ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން އަދި ޕިއަރ ސަޕޯޓް ގުރޫޕުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިނިސްޓްރީއާއި އެކު މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ވެވޭ އެއްބަސްވުމެކެވެ. މި އެމް.އޯ.ޔޫގެ ދަށުން ކުރިއަށް އޮތް އެއް އަހަރު ދުވަހަށް ހޯޕް ފޯ ވިމެން އިން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަވިސަސްއާއި އެކު މަސައްކަތް ކުރަމުންދާނެ އެވެ.

މިއީ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެވެ. އެގޮތުން މި އެމްއޯޔޫގެ ދަށުން މާލޭގެ އިތުރުން އަތޮޅުތެރެއިން ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެވޭނެ އެވެ.

ދިރާސާތަކުން އެނގޭގޮތުގައި، ދިވެހި ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ، ޢުމުރުގެ ކޮންމެވެސް ހިސާބެއްގައި، އަނިޔާ ޝިކާރައަކަށްވެފައިވާ، ނުވަތަ އެ ބިރުވެރިކަން ތަޙައްމަލު ކުރަން ޖެހިފައިވާ މީހަކަށްވާއިރު، މީގެ ތެރޭގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ.

ސަރުކާރުން ވަނީ މިމައްސަލައަށް ހައްލެއް ހޯދުމަށްޓަކައި “ގެވެށި ގުޅުން” ކެމްޕެއިން މިނަމުގައި 15 ޖުލައި 2020 ވަނަ އަހަރު ޚާއްސަ ކެމްޕެއިންއެއް ފައްޓާފަ އެވެ.

މިކެމްޕެއިންގެ ދަށުން މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާއްޖޭ އެކި ހިސާބުތަކުގައި ކުރިއަށްގެންދެވިފައިވެ އެވެ. ނަތީޖާއެއްގެ ގޮތުން ވޭދުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ރިޕޯޓްކުރެވުނު ގެވެށި އަނިޔާގެ މައްސަލަތައް އެހެން އަހަރުތަކާއި ބަލާއިރު އިތުރުކަން ވަނީ ފާހަގަކުރެވިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: