ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ގެވެށި ގުޅުން” ކެމްޕެއިން މަޖައްލާ އިފްތިތާހުކޮށްފި

ފޮތް ލޯންޗު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެގޮތުން 2020 ވަނަ އަހަރު ފެށި “ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ތައްޔާރުކުރަމުން ދިޔަ މަޖައްލާ ނެރެފި އެވެ.

2020 ވަނަ އަހަރު ފެށި “ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ތައްޔާރުކުރަމުން ދިޔަ މަޖައްލާ މިއަދު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ނެރެދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިލަބަލުން ފަޒްނާ އަހުމަދެވެ. 

ރަސްމިއްޔާތުގައި ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުޚްތާރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މަޖައްލާގައި ގެވެށި އަނިޔާއަށް ހޭލުންތެރި ކުރުމަށް ލިޔެފައިވާ އާޓިކަލްތަކުގެ އިތުރުން ގެވެށި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ގެވެށި ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭ މައުލޫމާތު އެކުލެވޭ ލިޔުންތައް ހިމެނިފައިވާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ގެވެށި އަނިޔާއާ ގުޅުންހުރި މުހިންމު ބައެއް ސުވާލާއި އޭގެ ޖަވާބު އަދި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރާއްޖެއިން ލިބެންހުރި އެހީތަކާއި، ހިދުމަތްތަކުގެ މަޢުލޫމާތު މި މަޖައްލާގައި ވަނީ ހިމަނާފަ އެވެ. 

މުޖްތަމައުގެ ތެރޭގައި ހިނގާ މިފަދަ ކަންތައް ހުއްޓުވުމަށް އެންމެ ބޮޑު ބާރެއްކަމުގައި ވާނީ ގެވެށި ގުޅުން ވަރުގަދަ ކުރުމެވެ. މިކަމަށް ޖެންޑާ މިނިސްޓާރ ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ.

ފަސްޓް ލޭޑީ ފަޒްނާގެ ވާހކައިގައި އެދިލެއްވީ ވަރުގަދަ ގެވެށި ގުޅުމެއްގެ ނަސީބު ލިބިފައިވާ މީހުން އެ ނަސީބުން މަހުރޫމްވެފައިވާ މީހުންނަށް ހިތްވަރު ދިނުމަށެވެ.

އެކަމަނާގެ ވާހަކައިގައި ވަނީ ރާއްޖޭގައި ގެވެށި އަނިޔާގެ ވޭން އެންމެ ގިނައިން ތަހައްމަލު ކުރަމުން އަންނަނީ އަންހެނުންކަން ފާހަގަ ކުރައްވާފަ އެވެ. އަދި މިއީ ގައުމުގެ ކަންކަމުގައި އަންހެނުން ބާރުވެރިކުރުމަށް އެޅިގެންދާ ހުރަހެން ކަމުގައި ފަޒްނާ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެންޑާރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ، މި މަޖައްލާ މެދުވެރިކޮށް ކެމްޕެއިނަށް ބޮޑު ކުރިއެރުމެއް ލިިބިގެންދާނެ ކަމަށެވެ. 

ގެވެށި އަނިޔާގެ ގޮތުގައި 494 މައްސަލަ ވޭތުވެ ދިޔަ އަހަރު ދުވަހުގެ ތެރޭގައި ރިޕޯޓުކޮށްފައިވާއިރު އެކަށީގެންވާފަދަ ހައްލެއް ގެނެވުނީ މީގެ ތެރެއިން އެންމެ 3 އިންސަތަ މައްސަލައަށްކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ. 

“ގެވެށި ގުޅުން” މި ކެމްޕޭނަށް ޕާކިސްތާނުގެ ސަރުކާރުން ވަނީ 2،972،205 ރުފިޔާގެ ފައިސާގެ ހިލޭ އެހީ ދިވެހި ސަރުކާރަށް ފޯރު ކޮށްދީފައެވެ.

މިނިސްޓަރ އައިޝަތު ވަނީ މަޖައްލާގެ އޯޑިއޯ ކްލިޕް ހެދުމުގެ މަސަކަތް ކުރަމުން ގެންދާކަން ވެސް ފާހަގަ ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: