ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިފުޅު އުފުލި މަންމައަށް މުވައްޒަފަކު މަލާމާތް ކުރުމުން ޖެންޑާއިން މާއަފަށް އެދިއްޖެ

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިިއޯގެ ސްކްރީންޝޮޓެއް/ ފޮޓޯ - ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ދިއުމަށް ބަސް ދަތުރު ހަމަޖެހިފައިނުވާތީ، މަންމަ އޭނާގެ ދަރިފުޅު ކޮނޑުގައި އުފުލުމުން އެމަންމައަށް ޖެންޑާ މިނިސްޓްރީ ގެ މުވައްޒަފަކު މަލާމާތް ކުރުމުން މިނިސްޓްރީ އިން އެކަމަށް މައާފަށް އެދިއްޖެއެވެ.

ހުޅުމާލޭގެ ފޭސް އެކަކުން ފެށިގެން، ހިޔާ ފްލެޓު ސަރަހައްދަށް މަންމައަކި ދަރިފުޅު ކޮންޑަށްލައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. އަދި އެ ވީޑިއޯއަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ، ގިނަ އަދަދެއްގެ ބަޔަކު ފޭސް ދޭކަށް ދިރިއުޅުން ބަދަލު ކުރަމުން ގެންދާއިރު ވެސް އެ ސަރަހްއްދަށް އަސާސީ އެއްވެސް ހިދުމަތްތަކެއް ތައާރާފް ކުރެވިފައި ނުވަތީ އެވެ. އޭގެ ތެރޭގައި ބަހުގެ ހިދުމަތްތައް ހިމެނެ އެެވެ.

ވީޑިއޯ އާއްމުވިތާ 24 ގަޑިއިރު ވެސް ނުވަނީ، ހުޅުމާލޭގެ ފޭސް 02 އަށް ބަސް ދަރުރުތައް ވަނީ ފަށާފަ އެވެ. މި ދަތުރުތައް ކުރަނީ ސްކޫލު ކުދިންގެ، ކްލާސް ވަގުތުތަކައި ދިމާކޮށެވެ.

މީޑިއާތަކުގެ ވެސް ސަމާލުކަން ލިބިގެންދިޔަ މި ވީޑިއޯ އާއި މަންމަގެ ވާހަކަ ރިޕޯޓު ކުރުމުން  ތ. އަތޮޅު ވޭމަންޑޫ ޖެންޑާގެ އެންމެ އިސް ވެރިޔާ، ރިލްވާން އަބްދުﷲ ނަމަކަށް ކިޔާ މީހަކު ވަނީ ހުރިހާ ހިދުމަތެއް ސަރުކާރުން ދޭން ނުޖެހޭނެކަމަށް ބުނެފަ އެވެ. އޭނާ ވަނީ ބަހުގެ ހިދުމަތާއި، ބިލުތައް ދައްކަދީ، އެޕާޓުމެންޓުތައް އަޅައިދިނުން އެއީ ދުނިޔޭގެ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން ކަމަށެވެ.

މި ޕޯސްޓަށް އަމާޒުވި ފާޑުކިއުންތަކާއި އެކު ޖެންޑާ މިނިސްޓްރީއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖްގައި ބުނެފައިވަނީ އެ މިނިސްޓްރީގެ މުވައްޒަފެއްގެ ފަރާތުން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެއީ އެއްވެސް ގޮތަކަށް ހިނގައިގެން ވާނެ އަމަލެއް ނޫން ކަމަށެވެ. އަދި ހަމައެއާއި އެކު މިނިސްޓްރީގެ މުވައްޒަފުގެ ފަރާތުން މި އަމަލަށް މާއަފަށް އެދޭކަމަށްވެސް މިނިސްޓްރީގެ މެސެޖުގައި ބުނެފައިވެއެވެ.

މިނިސްޓްރީގެ މި މެސެޖު މީޑިއާ ތަކުން ރިޕޯޓުކުރުމާއި އެކު އަނެއްކާވެސް އިތުރު ޕޯސްޓެއްކޮށް ރިލްވާން ބުނެފައިވަނީ މައާފަށް އެދެން ޖެހޭ ވަރުގެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: