ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންހެނުންގެ ހައްގުތަކަށް އަރައިގަތުމަށް، ދީން ބޭނުން ކުރޭ: އެޗްއާރްސީއެމް

އެޗްއާރުސީއެމްގެ ބައެއް މެމްބަރުން—
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންގެ ހައްގުތަކަށް ހުރަސް އެޅުމަށް، ދިވެހި ރާއްޖޭގައި ދީން، ހަތިޔާރެއްގެ ގޮތަށް ބޭނުން ކުރާ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް(އެޗްއާރްސީއެމް) އިން ބުނެފިއެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި، ގާނޫނުގައި ބާޔާންކޮށްފައިވާ ގޮތަށް އަންހެނުންގެ ހައްގުތަކާއި، ހަމަހަމަކަން ދިވެހި މުޖްތަމައުގައި ބަލައިގަންނަ މިންވަރު ދަށްވަމުންދާކަން އެޗްއާރްސީއެމްއިން ހަދާފައިވާ ދިރާސާއަކުން ފާހަގަކުރެވިފައިވާ ކަމަށް އިޝާރާތްކޮށް އެ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ، ދިވެހި ރާއްޖޭގައި އަންހެނުންގެ ހައްގުތަކަސް ހުރަސް އެޅުމަށް، ދީން ބޭނުން ކުރާކަމަށެވެ.

ދިވެހި ރާއްޖޭގައި، އަންހެނުންގެ ހައްގުތަކަށް ހުރަސް އެޅުމަށް، ދީން ބޭނުން ކުރާކަމަށް، ފާހަގަކޮށް އެޗްއާރްސީއެމްގެ އޮފިޝަލް މިސާލެއްގެ ގޮތަަށް ނެންގެވީ، އަންހެނުންނަށް އަމާޒު ކުރެވޭ ބައެއް އަނިޔާތައް ކުރުމަށް ފަހު، އެކަން ދިފާއު ކުރުމަށް، ބައެއް ކޭސްތަކުގައި ދީން ބޭނުން ކުރާ ކަމަށެވެ. އަދި މިކަން އެ ކޮމިޝަންއިން ހަދާފައިވާ ރައިޓް ސައިޑް އޮފް ލައިފް ސާވޭއިން ފާހަގަކުރެވޭކަމަށާއި، އަންހެނުންނަށް އަނިޔާކޮށްގެން ހުށައެޅޭ މައްސަލަތަކުގައި ދައުވާ ކުރެވޭ މިންގަނޑުވެސް ދަށްކަމަށް އެޗްއާރސީއެމްއިން ފާހަގަކުރިއެވެ. އެގޮތުން 2016ވަނަ އަހަރާއި 2019ވަނަ އަހަރުގެ ތެރޭގައި އަންހުންނަށް އަނިޔާކުރި 60 މައްސަލައެއް ދައުވާ ކުރުމަށް ފޮނުވާފައިވާކަމަށްވީނަމަވެސް، ސާބިތުވެފައިވަނީ 10 މައްސަލައެއްކަމަށް އެޗްއާރްސީއެމްއިން ފާހަގަކުރިއެވެ.

އެޗްއާރސީއެމްއިން ފާހަގަކޮށްފައިވާގޮތުން، އިންޓަރނެޓުގެ ވަސީލަތް ބޭނުންކޮށްގެން، ހިންގާ ޖިންސީ ފުރައްސާރައިގެ މައްސަލަތައވެސް އަންނަނީ ދިވެހި މުޖުތަމައުގައި އިތުރުވަމުންނެވެ.

މީގެ އިތުރުން އެޗްއާރސީއެމްއިން ފާހަގަކުރީ، ނޫސްފަތުރާ ވަސީލަތްތަކުން، ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި، އަންހެނުންނަށް ކުރެވޭ އަނިޔާތަކުގެ ވާހަކަތައް ގެނެސްދޭ ގޮތުން، އެ ފަރާތްތައް އަލުން ވިކްޓިމައިޒް ވެގެންދާކަމަށެވެ. އަދި ރާއްޖޭގައި މިވަގުތު، އަނިޔާއެއް ލިބޭ އަންހެނުންގެ ތެރެއިން ރިޕޯޓް ކުރާ މިންގަނޑަކީ ފަސްް މީހުން ތެރެއިން އެކަކު ކަމަށް ފާހަގަކޮށް، އެޗްއާރްސީއެމް އިން ބުނެފައިވަނީ، މައްސަލަތައް ހުށަނޭޅުމަށް ގިނަ ފަރާތްތަކުން ނިންމާ ސަބަބަކީ، އަދުލު އިންސާފާއި، މިފަދަ ކަންކަން ބެލުމަށް އޮންނަ ނިޒާމަށް ކުރާ އިތުބާރު ކުޑަވެގެންދިއުމާއި، މައްސަލަ ހުށައަޅާ ފަރާތުގެ މައުލޫމާތު ނިޒާމުގެ ތެރެއިން ސިއްރު ކުރެވިގެންދާ މިންގަނޑަށް އިތުބާރު ނެތުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: