ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދާންދޫގައި އިމާރާތްކުރާ ފެނަކަ އޮފީހުގެ ބިންގާ އަޅައިފި

ދާންދޫގައި އިމާރާތްކުރާ ފެނަކަ އޮފީހުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދާންދޫގައި އިމާރާތްކުރާ ފެނަކަ އޮފީހުގެ ބިންގާ އަޅައިފިއެވެ.

ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲއެވެ.

ސަންގު ޓީވީއަށް މައުލޫމާތުދެއްވަމުން ފެނަކައިގެ ދާންދޫ ބްރާންޗް މެނޭޖަރު ވިދާޅުވީ އޮފީސް އިމާރާތްކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެއަށްފަހު ފެނަކައިގެ އެމްޑީ ވަނީ ދާންދޫ ކައުންސިލާއި ބައްދަލުކުރައްވާފައެވެ. ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ދާންދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި ކަރަންޓާއި ނަރުދަމާ ދާދި އަވަހަށް ގާއިމްކުރާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އަދި ދާންދޫ ކައުންސިލާއި މިސްކިތްތަކާއި މަގުބައްތިތައް ސޯލަރ ކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގައި ފެނަކައިގެ ފުރިހަމަ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: