ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުންފުންޏަށް އިންޑިއާ މުވައްޒަފުން ހޯދަން އިއުލާނުކޮށްފައި ނުވާނެ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއިން މުވައްޒަފުންތަކެއް ގެނައުމަށް އިއުލާނުކޮށްފައިވާކަމަށް ބުނެ ރާއްޖޭގެ މީޑިއާއަކުން ގެނެސްދީފައިވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެއިނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އިންޑިއާގެ އަފްރީން އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏެއް މެދުވުރިކޮށް އެމްޓީސީސީން، އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ހޯދާކަމަށް ބުނެ މީޑިއާއަކުން ވަނީ ހަބަރެއް ގެނެސްދީފަ އެވެ. އެ ރިޕޯޓު ދޮގުކޮށް އެމްޓީސީސީން މިރޭ އާއްމު ކުރި ބަޔާނެއްގައި ބުނީ، އެ ހަބަރުގައި ވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ކުންފުނިން އިންޑިއާއިން މުވައްޒަފުން ގެނައުމަށް، އެ ގައުމުގައި އެއްވެސް އިއުލާނެއްކޮށްފައި ނުވާނެކަމަށް ބުންޏެވެ.

ކުންފުނި ބަދުނާމުކޮށް، އާއްމުންގެ މެދުގައި ގާއިމުކޮށްފައިވާ އިތުބާރު ގެއްލުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އިލްތިމާސްކޮށް އެ ބަޔާނުގައި ބުނެފައިވަނީ، ކުންފުނި އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތައް ކުރުމުގައި ކަމަށެވެ.

އެމްޓީސީސީން އިންޑިއާގެ މުވައްޒަފުންތަކެއް ގެނައުމަށް އިއުލާނުކޮށްފައިވާކަމަށް ބުނެ މީޑިއާއަކުން ރިޕޯޓު ކުރިއިރު، އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވަނީ ތަނުގައި މަސައްކަތް ކުރަނީ ދިވެހީންގެ ގޮތުގައި ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން މިދިޔަ އަހަރު، މި ސަރަހައްދުގެ އެންމެ ބޮޑު ޑްރެޖަރު މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލު ކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

ކުންފުނީގެ އަމާޒަކީ ކުންފުނީގެ މުވައްޒަފުންނަކީ ގިނަ ދުވަހު ވަޒީފާގައި ދެމިތިބޭ، ކުންފުންޏަށް އެ މުވައްޒަފުންގެ ފަރާތުން ދިގު ރާސްތާގައި ފައިދާތަކެއް ލިބޭ ބަޔަކަށް ހެދުމެވެ. އަދި އެމްޓީސީސީން ވަނީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ފަހި ފުރުސަތެއް ހޯދައިދިނުމަށް ”ހުނަވަރު އެޕްރެންޓިސްޝިޕް“ ޕްރޮގްރާމް ވެސް ފަށާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: