ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާ ދިނުމުގައި އައްޑޫގެ ރައްޔިތުންނަށް އިސްކަން ދިނުމަށް ނައިބު ރައީސްގެ އަރިހުގައި އެދިއްޖެ

ނައިބު ރައީސް އައްޑޫ ސިޓީ ކައުންސިލްއާއި ބައްދަލުކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އައްޑޫ ސިޓީގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްގޫގެ މަޝްރޫއުތަކުގެ ތެރެއިން އުފެދިގެން އަންނަ ވަޒީފާތަކަށް ފުރުސަތު ދިނުމުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންނަށް އިސްކަންދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު އަރިހުގައި އެދިއްޖެއެވެ.

ނައިބު ރައީސް އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިއްޔެ އެ ސިޓީގެ ކައުންސިލަރުންނާއި ބައްދަލުކުރައްވާ ކައުންސިލުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފައެވެ. މި ބައްދަލުވުމުގައި، އައްޑޫ ސިޓީ ކައުންސިލަރުން ވަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެކި ދާއިރާތަކުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ފައިސަލް އާއި ހިއްސާ ކުރައްވާފައެވެ.

ނައިބު ރައީސް އައްޑޫ ކައުންސިލާ ބައްދަލުކުރައްވަނީ

އެގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި އެ ކައުންސިލަށް ދިމާވެފައިވާ އިންސާނީ ވަސީލަތްތަކާއި ބަޖެޓުގެ ދަތިކަން ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ސަރުކާރުން އައްޑޫ ސިޓީގައި ކުރިޔަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އުފެދިގެން އަންނަ ވަޒީފާތަކަށް ފުރުސަތު ދިނުމުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދިނުމަށް ކައުންސިލަރުން ދެންނެވިއެވެ.

މި ބައްދަލުވުމުގައި ފައިސަލް ވަނީ ލާމަރުކަޒީ ނިޒާމާއެކު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ބަދަލު ވެގެންދާނީ ރައްޔިތުންނާއި ގާތުން ދެވޭ ހިދުމަތްތަކަކަށް ކަމުގައި ވިދާޅުވެފަ އެވެ. އަދި އެގޮތުން ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެންހުރި ކަންތައްތައް ފާހަގަކޮށް އެކަންކަމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި އެވެ. އަދި ކައުންސިލަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގައި އެދެވޭ ހައްލެއް ހޯއްދެވުމަށް ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ވެރިންނާއިއެކު އިތުރު ބައްދަލުވުންތަކެއް ރާވައިގެން، އެ މައްސަލަތަކަށް ހައްލެއް ހޯއްދަވަން މަސައްކަތް ކޮށްދެއްވާނެކަމަށް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: