ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ އަހަރުތަކަށް ފަހު ފައިސަލް ޖޭޕީއާ ދުރަށް!

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެންފި އެވެ.

ޖޭޕީން މައުލޫމާތު ދިންގޮތުގައި ޕާޓީން ވަކިވުމަށް ފައިސަލް ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އަދި ޕާޓީން އިސްތިއުފާ ދިނުމުގެ ކުރިން ފައިސަލް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި ބައްދަލު ކުރެއްވިކަމަށް މައުލޫމާތު ލިބެ އެވެ.

2018 ގެ ރިޔާސީ އިންތިހާބަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނެއްގެ ތެރެއިން ނިކުތުމަށް މަސައްކަތް ފަށައި، ނިންމީ އެމްޑީޕީގެ ކެނޑިޑޭޓާއި އެކު ޖުމްހޫރީ ޕާޓީއަށް ރަނިންމޭޓުކަން ދިނުމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ޕާޓީން އެ މަގާމަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލީ މެމްބަރުންގެ މެދުގައި ކައުންސިލުން ސިއްރު ވޯޓެއް ނެގުމުން އިންތިހާބު ވީ އޭރުގެ ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރަމުން އައި ފައިސަލް އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ތެރޭގައި، ޖުމްހޫރީ ޕާޓީން ސަރުކާރާ މެދު ހިތްހަމަނުޖެހި އެކި ވާހަކަތައް ދެއްކުމާއި އަދި ދެބަސްވުން އުފެދޭ ގޮތަކަށް ބަހުސްތައް ކުރި ނަމަވެސް ސިޔާސީ ނުފޫޒެއް ފޯރުވުން ނުވަތަ ފާޑުކިއުންތައް އަމާޒު ކުރައްވާތަން ފައިސަލްގެ ފަރާތުން ފެނިފައި ނުވެ އެވެ. މާބޮޑު ބާރުވެރިކަމެއް ފޯރުވުމަށް ފައިސަލް މަސައްކަތް ނުކުރާކަން ފާހަގަކޮށް، އެމްޑީޕީގެ މެމްބަރުން ވެސް އޭނާއަށް ތައުރީފު ކުރެ އެވެ. އަދި ފައިސަލް ވަނީ ރައީސް ސޯލިހު ސަރުކާރުގެ ދިފާއުގައި ވެސް ގިނަ ފަހަރަށް ވާހަކަ ދައްކަވައި، އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުތަކުގައި ވާދަކުރި ކެނޑިޑޭޓުންނަށް ތާއީދު ކުރައްވާފަ އެވެ.

ސަރުކާރުގައި ހުންނެވި އިރު ވެސް އެގޮތަށް ފައިސަލް ތާއީދުކޮށް، ކެމްޕެއިން އިވެންޓުގައި ބައިވެރިވި އެވެ. އަދި ނިމިދިޔަ މާލޭގެ މޭޔަރު އިންތިހާބުގައި ވެސް ފައިސަލް ވަނީ އެމްޑީޕީގެ ހަރަކާތްތަކުގައި، ރައީސް ސޯލިހާއި އެކު ބައިވެރިވެވަޑައިގެންފަ އެވެ.

ޖޭޕީގެ ހަރަކާތްތަކުގައި ބައިވެރިނުވެ، ފައިސަލް އެމްޑީޕީގެ ކަންކަމުގައި އުޅުއްވާތީ އެ ޕާޓީގެ ބޭފުޅުންގެ ފާޑުކިއުންތައް އަމާޒުވެފައި ވެއެވެ. އޭރު ޕާޓީގެ މެމްބަރުން ވަނީ، ޖޭޕީން ވަކިވެ އެހެން ސިޔާސީ މަސައްކަތްތައް ކުރުމަށް ގޮވާލާފަ އެވެ.

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައިވެސް ހުންނަވާފައިވާ ފައިސަލްވަނީ 2008 ވަނަ އަހަރުން ފެށިގެން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން ގިނަ މަސައްކަތްތައް ކުރައްވާފައެވެ. ފައިސަލް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުންވެސް ދިވެހި ރައްޔިތުންނަށް ހިދުމަތްކޮށްދެއްވާފައިކަމަށްވާއިރު، އެމަނިކުފާނަކީ އައު ގާނޫނުއަސާސީ ވުޖޫދުކުރެވުނު ފަހުން މިހާތަނަށް ދައުރެއް ފުރިހަމަކުރެއްވިފައިވާ ފުރަތަމަ ނައިބުރައީސްކަން ވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
28%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: