ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކުގެ މެޖޯރިޓީ ކަށަވަރު ކުރެއްވުމަށް ނައިބުރައީސްގެ ތައުރީފު ރައީސަށް

ފުވައްމުލަކުގައި ބޭއްވި ޖަލްސާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްފެއިން ދަތުރުގެ ތެރެއިން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވަހަކަފުޅު ދައްކަވާ ނައިބުރައީސް ފައިސަލް ނަސީމް ފުވައްމުލަކުގެ މެޖޯރިޓީ ކަށަވަރު ކުރައްވަން ރައީސަށް ތައުރީފު ކުރައްވަވާ އެދިވަޑައިގަތީ ރައީސް ދެވަނަ ދައުރަކަށް ހޮއްވަވާ ދެއްވުމަށެވެ.

ފައިސަލް ވިދާޅުވީ ރައީސް އަކީ ތަރައްގީ ގެންނަވާނެ ވެރިއެއްކަމަށާއި އެމަނިކުފާނު އިތުރުފުޅު ނުހައްދަވާނެ ކަމަށެވެ. ފުވައްމުލަކަށް ބަލާލި ކަމުގައި ވީނަމަވެސް ތަރައްގީ ފެނިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ 5 އަހަރު ތެރޭގައި ފުވައްމުލަކަށް އައި ވަރުގެ ތަރައްގީއެއް މިނިމިދިޔަ އެއްވެސް އަހަރެއްގައި ނާންނަ ކަމަށެވެ.

ފައިސަލް ވިދާޅުވީ ފުވައްމުލަކަށް ބައްލަވާލައްވާ އިރު ފެނިވަޑައިގަންނަވަނީ ތަރައްގީގެ މަޝްރޫތައް އެއް މަޝްރޫ އަށް ފަހު އަނެއް މަޝްރޫއެއް ފެށިގެންދާ މަންޒަރު ކަމަށެވެ. އަދި މުޅި ރާއްޖެއަށް ބައްލަވާލެއްވި ކަމުގައި ވިޔަސް މަންޒަރަކީ މިއީ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފުވައްމުލަކަށް ބޮޑެތި އިންގިލާބީ ތަރައްގީތަކެއް ރައީސް ގެންނަވާނެ ކަމަށެވެ. އަދި އެއީ ވޯޓު ދޭން ޖެހޭ އެންމެ ބޮޑު ސަބަބު ކަމުގައިވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ބޭނުންފުޅުވަނީ ގައުމުގެ ހާލަތު ދެނެ ގަންނަ ގައުމުގެ ކަން ކަން ކުރައްވާނެ ވެރިއެއްކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަށް އެންމެ ބޭނުންވަނީ އަމާންކަން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ މިކަންކަމަށް ހާއްސަ އަހައްމިޔަތުދޭ، ހިކުމަތްތެރި އަދި ކެއްތެރި ވެރިއެއް ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: