ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެރައީސުންގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ރައީސް އިބްރާހިމް މުަހައްމަދު ސާލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ނައިބު ރައީސް ކުރެއްވުމާއި ގުޅިގެން އުފެދިފައިވާ ދުސްތޫރީ އޮޅުންބޮޅުންތަކާ ބެހޭ ގަރާރު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގް ހުށަހެޅުއްވި ގަރާރު ބަލައިގަތުމާ ދެކޮޅަށް 40 މެމްބަރުން ވޯޓް ދެއްވިއިރު މައްސަލަ ބަލައިގަތުމަށް ވޯޓް ދެއްވީ 7 މެމްބަރުންނެވެ.

ތާރިގް ހުށަހެޅުއްވި ގަރާރުގައި ވަނީ ފައިސަލް ނަސީމް ރައީސް ކަމުގެ ހުވާ ކުރައްވައި މަގާމާ ހަވާލްވެފައިވަނިކޮށް ރައީސް ސާލިހް އަލުން މަގާމާ ހަވާލްވެ ވަޑައިގެންފައިވާތީ ދުސްތޫރީ އޮޅުންބޮޅުމެއް އަރާފައިވާ ކަމަށާއި އެހެންކަމުން އެކަން ސާފުކޮށް އެކަމުގައި ހައްލެއް ހޯދަންޖެހޭ ކަމަށެވެ.

ރައީސް ސާލިހް މިދިޔަ އަހަރުގެ ތެރޭގައި ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރުމަށް ހޭނައްތަވާފައިވާތީ ނައިބު ރައީސް ފައިސަލް ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވިކަން ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ. އެ މައްސަލަ އިދިކޮޅު ޕީޕީއެމް އިން ވަނީ   ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން މައްސަލަ ވަނީ ނުބަލައި ބޭރުކޮށްލާފައެވެ.

ރައީސް ސާލިހް ހޭނައްތައިގެން އޮޕަރޭޝަނެއް ކުރަންޖެހިގެން ވަގުތީ ގޮތުން ވެރިކަމުގެ ބާރުތައް ފައިސަލް ނަސީމް އާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ފަތިހު 5.50 ގައި ރައީސްގެ މަސްއޫލިއްޔަތު ތަކާއި ނައިބު ރައީސް ފައިސަލް ހަވާލުވެފައިވަނީ މަޖިލީހުގެ ރައީސްގެ ކުރިމަތީގައި ރައީސް ކަމުގެ ހުވާ ކުރައްވައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: