ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސް، ސީޝެލްސްގެ ރައީސް އާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ސޭޝެލްސްގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބު ރައީސް ފައިޞަލް ނަސީމް ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު، ރައީސުލްޖުމްހޫރިޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ސީޝެލްސްގެ ރައީސަށް ރާއްޖެއިން މަރުޙަބާ ދެންނެވުމަކީ، ލިބިވަޑައިގެންނެވި ޝަރަފެއްކަމަށާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މިވެރިކަމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވުމަކީ އުފާފުޅުކުރައްވާ ކަމެއްކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް އާއި ސީޝެލްސްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާ ސީޝެލްސްގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން މިދަތުރުފުޅުން ހާމަވެގެންދާކަން ފާހަގަކުރެއްވިއެވެ. އަދި ދެޤައުމުގެ މަސްލަޙަތު ހިމެނޭ ދެޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، ފަތުރުވެރިކަމާ، މޫސުމަށް އަންނަ ބަދަލުތަކާ، ޒުވާނުންގެ ތަރައްޤީގައި އެއްބާރުލުން ދެއްވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަކީ އުފެއްދުންތެރި މަޝްވަރާތަކެއްކަމަށާއި، އެމަޝްވަރާތަކުން ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެކަމަށް ޔަޤީން ކުރައްވާކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ނައިބު ރައީސް އާއި ސީޝެލްސްގެ ރައީސް ވަނީ، އިތުރު ދާއިރާތަކުން ދިވެހިރާއްޖެއާ ސީޝެލްސްއިން ގުޅުން ބަދަހިކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ދިވެހިރާއްޖެއިން، ސީޝެލްސްއާ އެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1 ޖުލައި 1980ގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: