ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިނާއީ ކުށެއްގެ އެއްވެސް އަމަލެއް ހިންގާފައެއް ނުވާނެ: ޒެނީޝާ

ކުރީގެ ޖެންޑާރ މިނިސްޓަރު ޒެނީޝާ ޒަކީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ ކުށުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.

މައުލޫމާތު ލިބިފަިއވާ ގޮތުގައި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގި ހާދިސާއަކާ ގުޅިގެން ތަހުގީގުކުރި މައްސަލައަކަށްފަހު ދައުވާކުރުމަށް އެދިފައިވަނީ ކުރީގެ މިނިސްޓަރު ޒެނީޝާ ހިމެނޭގޮތަށް ޖުމުލަ 30 ފަރާތެއްގެ މައްޗަށެވެ.

ޒެނީޝާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިއްޔެ ރާއްޖޭގެ މީޑިއާގެ ބައެއް ވަސީލަތްތަކުން އޭނާއާ ގުޅޭގޮތުން އާއްމުކޮށް ޝާއިއުކޮށްފައިވާ މައުލޫމާތުގައި ހަގީގަތާ ކަނޑައެޅިގެން ހިލާފު ބައެއް މައުލޫމާތު ހިމެނޭ ކަމަށެވެ.

“ޖިނާއީ ކުށުގެ އެއްވެސް އަމަލެއް އަޅުގަނޑު ހިންގާފައެއް ނުވާނެ އެވެ. އަދި އެފަދަ އަމަލެއްގައި ބައިވެރިވެފައި ވެސް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހާ ފަރާތްތަކަށް އަޅުގަނޑު އަރުވަމެވެ،” ބަޔާނުގައިވެ އެވެ.

ޒެނީޝާ ވިދާޅުވީ އޭނާއާ މެދު ތުހުމަތުކުރެވޭ ކަމަށް ހިއުމަން ރައިޓްސް އިން ބުނާ މައްސަލައަކީ ޒާތީ ތައައްސަބުން އުފަންވެފައިވާ، ސައްހަ ނޫން އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ، ރަސްމީ ހައިސިއްޔަތުގެ ނަހަމަ ބޭނުން ހިފައިގެން ހިންގުވާފައިވާ، އަދި ގާނޫނީ ހަމަތަކާ ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ހަރަކާތެއްކަން މާތްﷲގެ ވާގިފުޅާއެކު ސާބިތުވާނެކަމާ މެދު ޝައްކުނުކުރާ ކަމަށެވެ.

އެޗްއާރްސީއެމުން ދައުވާކުރުމަށް އެދިފައިވާ ފަރާތްތަކުގެ ތެރޭގައި އެކި އިދާރާތަކުގެ މުވައްޒަފުންނާއި އިސްވެރިން ހިމެނޭކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގައި ދައުވާކުރުމާ މެދު އަދި ވަކިގޮތެއް ނިންމާފައިނުވާއިރު، ޕީޖީން އެޗްއާރްސީއެމްއާ އެކު މަޝްވަރާ ކުރަމުން އަންނަކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: