ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަ ބަލަނީ ހެއްކަށް ބިނާކޮށް، ޒާތީއެއް ނުވަން: އެޗްއާރްސީއެމް

މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާ ކުރީގެ މިނިސްޓަރ ޒެނީޝާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ބަލަމުންދާ މައްސަލަތައް ބަލަނީ ހެއްކަށް ބިނާކޮށް ކަމަށާއި އެއްވެސް މައްސަލައެއް ބެލުމުގައި ޒާތީ ތައައްސުބެއް ނޯންނާނެކަމަށް އެޗްއާރްސީއެމްއިން ބުނެފިއެވެ.

ކުޑަކުދިންގެ ހިޔާގައި ހިނގާދިޔަ ހަމަނުޖެހުންތަކެއްގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެންޑަރ މިނިސްޓަރުކަން ކުރެއްވި ޒެނީޝާ ޝަހީދު ޒަކީއަށް ދައުވާކުރަން ފޮނުވުމާއެކު އަމާޒުވާންފެށި ފާޑުކިޔުންތަކާއެކު ކޮމިޝަނުން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އެންޓި ޓޯޗަރ ގާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ ދަށުން ކޮމިޝަނަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައްޔާއި، ހުށަހެޅޭ މައްސަލަތައް ތަހުގީގުކުރުމުގައި، އެއްވެސް ފަރާތަކާމެދު ޒާތީ ތައައްސުބެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށެވެ. އަދި މައްސަލަތަކުގައި ގޮތް ނިންމަނީ ހަމައެކަނި ކުރިމަތީގައިވާ ހެކީގެ މައްޗަށް ބުރަވެ، އިންސާފުވެރިކަމާއި، އަދުލުވެރިކަމާއި ނަޒާހާތްތެރިކަމާއެކުގައިކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން، އެންޓި ޓޯޗަރ ގާނޫނުގެ ދަށުން މިކޮމިޝަނުގެ ފަރާތުން ތަހުގީގުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅޭގޮތުން މީޑިއާތަކުން އެދިގެން މިކޮމިޝަނުން މިހާތަނަށް ފޯރުކޮށްދީފައިވާ އެއްވެސް މައުލޫމާތެއްގައި އެއްވެސް މީހެއްގެ ނަމެއް ނުވަތަ ޒާތީ މައުލޫމާތެއްވެސް ހާމަކޮށްފައި ނުވާނެކަމަށް އެކޮމިޝަނުން ބުނެއެވެ. އަދި ވަކި މައްސަލައެއްގެ ތަހުގީގު ނިންމައި މައްސަލައިގެ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، މީޑިއާތަކުން ޚަބަރުތައް ގެނެސްދެއްވުމުގައި، އެމައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ހައްގަކަށް އެއްވެސް އަސަރެއް ނުކުރާނެ ފަދަ ގޮތަކަށް މައުލޫމާތު ދިނުމަށްވެސް ކޮމިޝަނުން އާންމުކުރި ބަޔާނުގައިވެއެވެ.

މައްސަލައާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް މައުލޫމާތު ހިއްސާކޮށް ރޭ އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަންއިން ކޮމިޝަނަށް ފޮނުވާފައިވާ މައްސަލަތަކަކީ 2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ބައިތިއްބާފައިވާ ކުޑަކުދިންތަކަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރގެ ފަރާތުން ހިންގި ހަރަކާތްތަކެއްގައި، އެމުއައްސަސާތަކުގެ ބައެއް މުވައްޒަފުން އެކުދިންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، ބައެއް ކުޑަކުދިން ބިޑި އަޅުވައި، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށެވެ.

އެންޓި ޓޯޗަރ ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) އިން އަނިޔާކުރުމާއި ރަޙުމްކުޑަ އަމަލު ހިންގުމާއި، ލާއިންސާނީ އަމަލު ހިންގުމާއި، އިހާނެތި އަމަލު ހިންގުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުމާ ދެކޮޅަށް މަސައްކަތްކުރުމާއި، އެކަންކަން ދިވެހިރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަންކުރުމާއި، އެގާނޫނުގެ ދަށުން ކުށްކަމުގައި ކަނޑައަޅާފައިވާ ޢަމަލުތައް ދިވެހިރާއްޖޭގައި ހިނގިޔަ ނުދިނުމަށްޓަކައި ސީދާގޮތުންނާއި ނުސީދާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގާނޫނީ ޒިންމާ ކޮމިޝަނުގެ މައްޗަށް މަތިކޮށްފައިވާކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ. އަދި ހަމައެހެންމެ، މިކަންކަން ތަންފީޒު ކުރުމަށް ފަހިވާނެ އެންމެހައި ކަންކަން ކުރުމުގެ އިހްތިސާސްވެސް އެންޓި ޓޯޗަރ ގާނޫނުގެ 44 ވަނަ މާއްދާގެ (ނ) ގެ ދަށުން މިކޮމިޝަނަށް ލިބިދީފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

ކުޑަކުދިންގެ ހިޔާގައި ބައިތިއްބާފައި ތިބި ކުޑަކުދިންތަކަކާ ގުޅުންހުރި އަނިޔާގެ މައްސަލަތަކެއް ގާނޫނު ނަންބަރު 13/20213 (އެންޓި ޓޯޗަރ ގާނޫނު 2013)ގެ ދަށުން ތަހުގީގުކޮށް، ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަންއިން ވަނީ އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި އެމައްސަލާގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެޗްއާރްސީއެމުން މިހާރު ވަނީ ފޮނުވާފައެވެ.

މިމައްސަލާގައި އެޗްއާރްސީއެމްއިން 30 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވާއިރު މީގެ ތެރޭގައި މިނިސްޓަރ ޒެނީޝާގެ އިތުރުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވެސް ހިމެނެ އެވެ.

ޒެނީޝާގެ ދިފާއުގައި އެކަމަނާ ބަޔާނެއް އާންމުކުރައްވާފައިވާއިރު، މިސަރުކާރަށް ތާއީދުކުރައްވާ ބައެއް ބޭފުޅުންވެސް ވަނީ ޒެނީޝާގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދުވެސް ފާހަގަކޮށްލެވެއެވެ.

ޖެންޑަރ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ އެކި މަރުކަޒުތަކުގައި ބައިތިއްބާފައި ތިބޭ ކުދިންނާއި މީހުންގެ ކަންކަން ވަރަށް ގާތުން ބެއްލެވި ވަޒީރެއްގެ ގޮތުގައި ގިނަ ބަޔަކު ޒެނީޝާ ފާހަގަކުރެއެވެ. އެގޮތުން ކުޑަކުދިންގެ ހިޔާގައި ބައިތިއްބާފައި ތިބޭ ކުދިންނާއި ބޮޑެތިމީހުންނަށް ޚާއްސަ މަރުކަޒުތަކުގައި ބައިތިއްބާފައި ތިބޭ މީހުންނާއިއެކު ގިނަ ވަގުތުތަކެއް ހޭދަކުރައްވާ، މިނިސްޓްރީގެ ކަންކަން ވަރަށް ރަނގަޅަށް ބެލެހެއްޓެވި ވަޒީރެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ޒެނީޝާ ފާހަގަކުރެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: