ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް ރިސެސްއަށް ދިއުމަކީ އިންސާނީ ހައްގުތަކަށް ގާނޫނީ ގޮތުން އެޅުން ހުރަހެއް: އެޗްއާރުސީއެމް

އެޗްއާރުސީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީސް މަޖިލީސް ރިސެސްއަށް ދިއުމަކީ އިންސާނީ ހައްގުތަކާއި ގުޅުންހުރި ގާނޫނީ ނިޒާމް ހިނގަމުންދިއުމަށް އެޅިގެންދިޔަ ހުރަހެއްކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމް އިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ މިނިވަން ދީމިގްރާތީ ނިޒާމެއްގައި ގާނުނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަކީ އެއްބާރު އަނެއްބާރު ވަކިވެފައި އޮންނަ ގޮތުގެ މަތިން ހުރިހާ ބާރުތަކެއް ފުރިހަމައަށް ހިނގަމުންދިއުންކަމަށާއެވެ. އަދި އެއްބާރު އަނެއް ބާރަށް ފާރަވެރިވެ ހަރަކާތްތެރިވުމަށް ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މިގޮތުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ގާނޫނުތައް ހެދުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ފަރާތަށްވުމުގެ އިތުރުން، ރައްޔިތުންގެ ހައްގުތަކާއި ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރާ ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ އެއް ބާރުކަމަށް ފާހަގަކޮށް ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގިނަ މަސައްކަތްތައް މަޑުޖެހި، މަޖިލީސް އެންމެ ފުރިހަމައަށް ހިނގަމުުން ނުދާކަމީ އެ ކޮމިޝަނުން ކަންބޮޑުވާކަމެއްކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީގެ 5 ވަނަ މާއްދާއާއު 70 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަމަށްކަމުގައިވާއިރު، ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ހައްގުތަކާއި ގުޅުންހުރި މުހިންމު ބިލުތަކުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިއަށް ނުދިއުމަކީ ގާނޫނީ ނިޒާމުގެ ތެރެއިން ހައްގުތައް ކަށަވަރުކުރުމަށް އެޅިގެންދާ ހުރަހެއްކަމަށް ބުނެފައިވެއެވެ. އަދި މަޖިލީހަކީ ސަރުކާރާއި، ދައުލަތުގެ ވަޒީރުންނާއި، މިނިވަން މުއައްސަސާތައް ޖަވާބުދާރީކުރުވުމުގެ ޒިންމާ ރާއްޖޭގެ ގާނޫނު އަސާސީއިން މަތިކޮށްފައިވާ ފަރާތްކަމުންނާއި، އެއްވެސް ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް އެންމެ ފުރިހަމައަށް ހިނގަމުން ނުދިއުމަކީ އެއްބާރު އަނެއް ބާރަށް ފާރަވެރިވެ ޖަވާބުދާރީކުރުވުމަށް އޮތް ހުރަހެއްކަމަށް ކޮމިޝަނުން ދެކޭކަމަށްވެސް ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން މަޖިލީހުގެ ތަޅުމަށް ހުށަހެޅޭ ބިލްތަކާއި، މައްސަލަތައް ދިރާސާކުރުމުގެ އިތުރުން، ދައުލަތުގެ އިދާރާތަކުންނާއި ރައްޔިތުންގެ ފަރާތުން ހުށަހަޅާ ޝަކުވާތަކާއި ކަންކަން ދިރާސާކޮށް، ލަފާދީ، އިދާރާތަކާއި މުއައްސަސާތަކުގެ މަސައްކަތްތަކަށް ފާރަވެރިވާން ޖެހޭކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަކީ މުސްތަގިއްލު މުއައްސަސާތަކުން ކުރާ މަސައްކަތުން އެދެވޭ ހައްލު ނުލިބޭ ހާލަތްތަކުގައި އެ މުއައްސަސާތަކަށް ލަފާދީ، އެކަންކަން ހައްލުކުރުމަށްޓަކައި ދައުލަތުގެ އިދާރާތައް ޖަވާބުދާރީކުރުވާ ފަރާތްކަމަށް ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ގިނަ ކޮމިޓީތައް އެންމެ އެކަށީގެންވާ ގޮތުގައި ނުހިނގައި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާކަމަށެވެ. އަދި އެއީ ކަންބޮޑުވާކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ރިޔާސީ އިންތިހާބު ބޭއްވުމަށް ގާތްވެފައިވާ މި ދަނޑިވަޅުގައި އިންތިހާބާއި ގުޅުންހުރި މަސައްކަތްތަކުގެ އިތުރުން އަންނަ ޖުލައި މަހު ދައުރު ހަމަވުމަށް ގާތްވެފައިވާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ މަގާމަށް އައު މެންބަރަކު އައްޔަނުކުރުމަށްވެސް މަޖިލީހަށް ފޮނުވާފައިވާކަން އެޗްއާރުސީއެމް އިން ފާހަގަކޮށްފައިވެއެވެ. އަދި ބުނެފައިވަނީ ކޮމިޓީތަކާއި މަޖިލީހުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ނުހިނގާ އޮތުމަށްފަހު ރިސެސްއަށް ގޮސްފައިވުމަކީ އިންތިހާބާއި ގުޅުންހުރި ގާނޫނީ ނިޒާމް ހަރުދަނާކުރުމަށާއި، އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ގޮންޖެހުންތަކެއް އައުމުގެ ފުރުސަތު އޮތްކަމެއްކަމަށެވެ.

އެހެންކަމުން ގާނޫނު ހެދުމުގެ ބާރު އޮތް މަޖިލީހުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ހިނގަމުން ގޮސްފައިނުވުމަކީ، އިންސާނީ ހައްގުތަކާއި ގުޅުންހުރި ގާނޫނީ ނިޒާމް އެންމެ ފުރިހަމައަށް ހިނގަމުންދިޔުމަށް އެޅިގެންދިޔަ ހުރަހެއްކަމަށް ފާހަގަކޮށް، އެ ކޮމިޝަނުން ވަނީ މަޖިލީސް ހުއްޓިފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: