ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޮސްޕިޓަލްތަކުގައި ހަމަނުޖެހުން އުފެދޭ ކަންކަން ނުކުރަން އެޗްއާރުސީއެމްއިން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހޮސްޕިޓަލްތަކުގައި ހަމަނުޖެހުން އުފެދޭ ކަންކަން ނުކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

އެޗްއާރްސީއެމުން މިކަމަށް ގޮވާލާފައިމިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އައިޖީއެމްއެޗް ހޮސްޕިޓަލުގެ ތެރޭގައި އިދިކޮޅު ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން އެޗްއާރްސީއެމުން ބުނީ ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަން ކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. ނަމަވެސް އާއްމު ސިއްހަތުގެ މިނާޒުކު ހާލަތުގައި ހޮސްޕިޓަލްތަކާއި އެނޫންވެސް އާއްމު ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ހަމަނުޖެހުން އުފެދޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ.

އެއްވެ އުޅުމުގެ ހައްގު ބޭނުން ކުރަން ވާނީ ގާނޫނީ އިމުގެ ތެރެއިން ސުލްހަވެރި ކަމާއިއެކު ކަމަށްވެސް ބުނެފައިވެ އެވެ. އަދި ހައްގުތައް ބޭނުން ކުރުމުގައި އަނެކާގެ ހައްގަށް އިހްތިރާމްކޮށް ކޮވިޑް ފެތުރެމުންދާ މިނާޒުކު ހާލަތުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތައް އެންމެހާ ފަރާތަކުން އަމަލު ކުރުމަށް ވެސް އެޗްއާރްސީއެމުން ވަނީ ގޮވާލާފަ އެވެ.

މީގެއިތުރުން ރާއްޖޭގައި ކުރިއަށްގެންދާ އެއްވުންތައް އާއްމުކޮށް މޮނީޓާކުރާ އުސޫލުން މިހާރު ކުރިއަށްދާ މުޒާހަރާތައް ވެސް މޮނީޓާކުރާކަން ފާހަގަކުރަމުން އެޗްއާރްސީއެމުން ބުނީ ޖެނުއަރީ 7 ވަނަ ދުވަހު ފަތިހު ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުގެ ޓީމެއް އައިޖީއެމްއެޗަށް ގޮސް އަނިޔާވިކަމަށް ބުނާ މީހާގެ ހާލަތު ބަލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: