ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ވެރިކަމުގެ ހިއްސާދާރުން ފަހާ ދުވުމަކީ އެމްޑީޕީގެ ރިޔާސީ ވައުދެއް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ހިއްސާދާރުން ފަހާ ދުވުމަކީ އެމްޑީޕީގެ ރިޔާސީ ވައުދެއްކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއަށް ތުހުމަތުތަކެއްކޮށް ދައުވާކުރަން ފޮނުވާފައިވާ މައްސަލައާއި ގުޅެގޮތުން ކުރެއްވި ޓުވީތެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރަކީ އުޖާލާ ފަސް އަހަރު ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ އުޖާލާ ފަސް އަހަރުގެ ހިއްސާދާރުން ފަހަތުން ދުވުމަކީ އެމްޑީޕީގެ ރިޔާސީ ވައުދެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޒެނީޝާއަށް އަމާޒުކުރެވޭ ތުހުމަތުތަކަށް އިޝާރާތްކުރައްވާ ޝިޔާމް ވިދާޅުވީ، ޒެނީޝާ މަސައްކަތްކުރައްވާފައިވަނީ ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ އަލީގައި ދާއިރާގެ މައްސަލަތައް ހައްލުކުރުމަށްކަމަށެވެ.

ޖެންޑަރ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ އެކި މަރުކަޒުތަކުގައި ބައިތިއްބާފައި ތިބޭ ކުދިންނާއި މީހުންގެ ކަންކަން ވަރަށް ގާތުން ބެއްލެވި ވަޒީރެއްގެ ގޮތުގައި ގިނަ ބަޔަކު ޒެނީޝާ ފާހަގަކުރެއެވެ. އެގޮތުން ކުޑަކުދިންގެ ހިޔާގައި ބައިތިއްބާފައި ތިބޭ ކުދިންނާއި ބޮޑެތިމީހުންނަށް ޚާއްސަ މަރުކަޒުތަކުގައި ބައިތިއްބާފައި ތިބޭ މީހުންނާއިއެކު ގިނަ ވަގުތުތަކެއް ހޭދަކުރައްވާ، މިނިސްޓްރީގެ ކަންކަން ވަރަށް ރަނގަޅަށް ބެލެހެއްޓެވި ވަޒީރެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ޒެނީޝާ ފާހަގަކުރެއެވެ.

ޒެނީޝާއަކީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ބަދަލުގައި މިނިސްޓްރީގެ މެންޑޭޓްގެ ކަންކަން ފުރިހަމަކުރެއްވުމަށް މަސައްކަތްކުރެއްވި މިނިސްޓަރެއްގެ ގޮތުގައިވެސް ގިނަ ބަޔަކު ޒެނީޝާ ސިފަކުރެއެވެ. ވެރިކަން ބަދަލުވުމަށްފަހުވެސް އެއްވެސް ސިޔާސީ ހަރަކާތެއްގައި ޒެނީޝާ ހަރަކާތްތެރިވެފައެއްނުވެއެވެ.

ޒެނީޝާއަށް ދައުވާކޮށްދިނުމަށް އެދި އެޗްއާރްސީއެމްއިން ޕީޖީ އޮފީހަށް ފޮނުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އެކޮމިޝަނަށް އަމާޒުވެފައެވެ. އެގޮތުން، ޒެނީޝާ ފަދަ އިހްލާސްތެރި ވަޒީރަކު މިހާތަނަށް އައިއިރު ޖެންޑަރ މިނިސްޓްރީއާއި ހަވާލުވެފައި ނުވާކަމަށާއި މިފަދަ މައްސަލައެއްގައި މަދު ބަޔަކަށް ދައުވާކުރުމަށް ފޮނުވަން ނިންމުމުންވެސް މިއީ ޒާތީ މައްސަލައެއްކަން ހާމަވާކަމަށް ބައެއް އާންމުން ވަނީ ޚިޔާލު ފާޅުކޮށްފައެވެ. މީގެ ތެރޭގައި މިސަރުކާރަށް ތާއިދުކުރާ ގިނަ ބަޔަކުވެސް ހިމެނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިމައްސަލާގައި ޒެނީޝާ ދިފާއުކުރައްވާ ޓުވީޓުކުރައްވާފައެވެ.

ދައުވާކޮށްދިނުމަށް އެދި ފޮނުވި ނިންމުމަށް ތާއީދުކުރާ ބައެއް އާންމުން ވަނީ، މަގާމުގައި ހުންނަވާ ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާނަމަ މިއަދު މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައިވާ ކަންކަން ގޯހުން ގޯހަށް ނުދާނެކަމަށެވެ. އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައިވެސް އެދެވޭ މަސައްކަތްތަކެއް މިނިސްޓަރުކަމުގައި ހުންނަވާ ޒެނީޝާ ކުރައްވާފައިނުވާކަމަށްވެސް ބައެއް އާންމުން ވަނީ ޚިޔާލު ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: