ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް އާމްދަނީ ހޯދުމަށް ހުށައަޅާ ކަންކަމުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުން ނަގާ ޓެކްސް!

ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން އާމްދަނީ ހޯދުމަށް ޕްލާސްޓިކް ކޮތަޅުން ޓެކްސް ނެގުމަށް ހުށައަޅައިފިއެވެ.

ބަޖެޓު ހުށައަޅުއްވައި ދެއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ ކަންތައްތަކަކީ ދައުލަތުގެ މައިގަނޑު ސިޔާސަތުތަކަށް ބާރުދޭ، ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް އެކުލަވާލެވިފައިވާ ކަންކަންކަމަށެވެ.

އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އާ ކަންތައްތަކުގެ ތެރޭގައި މިނިސްޓަރ ފާހަގަކުރައްވާފައިވަނީ ޕްލާސްޓިކް ބޭގް ޓެކްސްއެއް ތައާރަފުކުރުމާއި، ރިޒޯޓްތައް ހެދުމަށް އާ ރަށްތައް ދޫކުރުމާއި، ރިއަލް އެސްޓޭޓް ޓޫރިޒަމް އިތުރަށް ފުޅާކުރުމާއި، ދިވެހިރާއްޖޭގެ ރަށްތަކުގައި ހިއްކޭ ބިމުގެ ވަކި އިންސައްތައެއް އާންމުންނަށް ވިއްކުމުގެ ސިޔާސަތު ތަންފީޒުކުރުމެވެ. މީގެ ތެރެއިން ގިނަ ސިޔާސަތުތަކަކީ މިހިނގާ 2021 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނުނު ނަމަވެސް އެކިއެކި ގޮންޖެހުންތަކާހުރެ، ތަންފީޒުކުރުން މިއަންނަ އަހަރަށް ފަސްކުރެވިފައިވާ ކަންކަންކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ގެ ސަބަބުން އިޤުތިޞާދު ފުން ވަޅުގަނޑަކަށް ވެއްޓިފައިވީ ނަމަވެސް، މި އަހަރުގެ ތެރޭގައި އިގްތިސާދު ކުރިއަރަށް ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން އިގްތިސާދަށް އަންނަ ހެޔޮ ބަދަލުތަކުގެ އަސަރު ދައުލަތުގެ އާމްދަނީއަށް ކުރާނެކަމަށް މިނިސްޓަރ ލަފާކުރައްވައެވެ. އެގޮތުން 2022 ވަނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކުރައްވައެވެ.

މިއީ 2021 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެކަމަށް މިހާރު ލަފާކުރެވޭ އާމްދަނީއާ އަޅައިބަލާއިރު 23 އިންސައްތަ އިތުރު އަދަދެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2022 ވަނަ އަހަރު ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ އިރު ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 6 ބިލިއަން ރުފިޔާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން 2.9 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތް އަހަރަކީ އިގުތިޞާދީ ގޮތުން ފާގަތި، ވިޔަފާރިތަކަށް ފަހި އަހަރެއްކަމުގައި ވެގެންދާނެކަމަށް. އެގޮތުން ކޮވިޑުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުން އަޅާފައިވާ ފުރަބަންދުކުރުމުގެ ފިޔަވަޅުތައް ލުއިކޮށް، ބޯޑަރުތައް ހުޅުވާލަން މިއަހަރުގެ ތެރޭގައި ފެށުމާއެކު، ބައިނަލްއަގުވާމީ ދަތުރުފަތުރު އިތުރުވެ، އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ މިދަނީ އިތުރުވަމުން. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި އިމްޕޯޓު ޑިއުޓީ މިއަހަރު ލިބޭނެކަމަށް ލަފާކުރާ މިންވަރަށްވުރެ އިތުރުވާނެކަމަށް ބެލެވޭ.” މިނިސްޓަރ އަމީރު

މީގެއިތުރުން، މި އަންނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ލަފާކުރެވޭތީ ފަތުރުވެރިކަމުގެ ސިނާއަތާ ސީދާ ގުޅިފައިވާ މައިގަނޑު އާމްދަނީތައް، ޓީޖީއެސްޓީ، ގްރީން ޓެކްސް، ޑިޕާޗަރ ޓެކްސް އަދި އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ އިތުރުވާނެކަމަށް އަންދާޒާކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމަށް މި އަންނަ ހެޔޮ ބަދަލުތަކާއި އާންމު ވިޔަފާރި ހަރަކާތްތަކަށާއި ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެކަމަށް ލަފާކުރެވޭ ކުރިއެރުމާއެކީ، ޖީއެސްޓީ އާއި ބީޕީޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީވެސް 2022 ވަނަ އަހަރު އިތުރުވެގެންދާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: