ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންދާޒާކުރި އާމްދަނީއަށްވުރެ ޖެނުއަރީ މަހު ލިބުނު އާމްދަނީ 38.6 އިންސައްތަ އިތުރު

ދައުލަތަށް ހުސްވި މަހު 2.4 ބިލިއަން ރުފިޔާ ވަނި ލިބިފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މިޖެނުއަރީ މަހު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ދައުލަތަށް ލިބުނު އާމްދަނީ 38.6 އިންސައްތަ އިތުރުކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިޖެނުއަރީ މަހު ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރޭގައި ދައުލަތަށް ލިބުނު 73.9 މިލިޔަންޑޮލަރުވެސް ހިމެނެއެވެ.

ދައުލަތަށް މިޖެނުއަރީ މަހު ލިބުނު އާމްދަނީއަކީ ހުސްވި އަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީއާއި އަޅާބަލާއިރު 31.2 އިންސައްތަ އިތުރު އަދަދެކެވެ. ހުސްވި އަހަރުގެ ޖެނުއަރީ މަހު ލިބުނު ޖީޖީއެސްޓީ، ޓީޖީއެސްޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއާޕޯޓު ޓެކްސްއާއި ފީތައް ވަނީ އިތުރުވެފައެވެ.

ހުސްވި މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީގެ ބައިންނެވެ. ޖީއެސްޓީގެ ގޮތުގައި އާމްދަނީގެ 44.6 އިންސައްތަ ވަނީ ލިބިފައެވެ. ދެން ދައުލަތަށް އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ އިންކަމް ޓެކްސްގެ ގޮތުގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: