ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ 8 މެމްބަރުންގެ ވޯޓު ބަޖެޓު ފާސް ނުކުރުމަށް!

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުން ފުރަތަމަ ފަހަރަށް ބަޖެޓާއި ދެކޮޅަށް ވޯޓު ދީފިއެވެ.

މިއަދު މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ވޯޓަށް އަހާފައިވާއިރު އިދިކޮޅުގެ 8 މެމްބަރުން ވަނީ ބަޖެޓަށް ނޫނެކޭ ބުނެފައެވެ. ބަޖެޓާއި އެއްކޮޅަށް ވޯޓު ދިނީ 64 މެމްބަރުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވަނީ 36.92 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މާލިއްޔަތު ކޮމެޓީއިން ބަޖެޓު ދިރާސާކުރުމަށްފަހު ދައުލަތުގެ ބައެއް ހަރަދުތައް ވަނީ އިތުރުކޮށްފައެވެ. އަދި ބަޖެޓުގެ ޖުމްލަ އަދަދު ވަނީ 36.99 ބިލިޔަން ރުފިޔާއަށް ބޮޑުކޮށްފައެވެ.

ބަޖެޓު ކޮމެޓިއިން ފާސްކުރި ބަޖެޓުގައި ބަޖެޓަށް 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 57.4 މިލިއަން ރުފިޔާ އާއި، ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި އަދި ހަތް މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް 16.4 މިލިއަން ރުފިޔާ އިތުރުކުރުމަށް ހިމަނާފައިވެއެވެ.

ބަޖެޓް ކޮމެޓީއިން ފާސްކުރި ބަޖެޓުގައި ނުވަ ރިކޮމެންޑޭޝަނެއް ވަނީ ހިމަނާފައެވެ. އޭގެތެރޭގައި އާސަންދައިގެ އިސްރާފާއި ނަހަމަ ގޮތުގައި ބޭނުންކުރުން ކުޑަކުރަން ފިޔަވަޅު އެޅުމާއި ސަބްސިޑީތައް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ލިބޭނޭ އިންތިޒާމް ހަމަޖައްސައި އެފިޝިއަންސީ އިތުރުކުރުމާއި އާ ގާނޫނުތައް ހެދުމުގައި ހަރަދަށް އަންނާނެ ބަދަލު ބަލައި ޖެހިގެން އަންނަ އަހަރަށް އެ ބަދަލެއް ލުމަށް މަސައްކަތް ކުރުމަށް ކޮމެޓީއިން ރިކޮމެންޑް ކުރިއެވެ. އަދި އާ ގާނޫނަކާ ގުޅިގެން އިތުރު ހަރަދެއް ހިނގާނަމަ ސަޕްލިމަންޓުރީ ބަޖެޓުން އެކަން ކުރުމާއި ކޯޓު ހުކުމްތަކުގެ ސަބަބުން އެކި ފަރާތްތަކަށް ބަދަލު ދޭން ޖެހޭ އަދަދު ކުޑަކުރަން ފިޔަވަޅު އެޅުން ވެސް ހިމެނެއެވެ.

އިދިކޮޅުން ވަނީ ބަޖެޓުގެ ޖުމްލަ އަދަދު ބޮޑުކަން ފާހަގަކޮށް ބަޖެޓު ކުޑަކުރުމަށް ގޮވާލާފައެވެ. ބަޖެޓު އަލުން ދިރާސާކޮށް ބަޖެޓުގެ ޖުމްލަ އަދަދު 25 ބިލިޔަން ރުފިޔާއަށް ކުޑަކުރުމަށްފަހު އަލުން ބަޖެޓު ފޮނުވުމަށް ބަޖެޓުގެ ބަހުސް މަރުހަލާ ކުރިއަށްގެންދިޔަ ފުރަތަމަ ދުވަހުވެސް ވަނީ ގޮވާލާފައެވެ. އަދި ބަޖެޓުގެ އަދަދުތައް ދިމާނުވާ ކަމަށާއި ބަޖެޓުގައި ހިމަނާފައިވާ ކަންކަމަކީ އެއްވެސް ދިރާސާއެއްނެތި ހިމަނާފައިވާ ކަންކަންކަމަށް އިދިކޮޅުން ފާހަގަކުރިއެވެ. ބަޖެޓަށް ވޯޓު ދިނުމަށް ނުފެންނަކަމަށް ބަޖެޓު މަރުހަލާގައިވެސް އިދިކޮޅު މެމްބަރުން ވަނީ ފާހަގަކޮށްފައެވެ.

 

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: