ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކަށް ބާރު ދިނީ މޮހޮނަށް އޮޑި ދިންގޮތަށް، ބަޖެޓުން މުސާރަވެސް ނުދެވޭ: ޓޮމް

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކަށް ބާރުތައް ދިނީ މޮހޮނަށް އޮޑި ދިންގޮތަށް ކަމަށާއި ކައުންސިލްތަކަށް ދީފައިވާ ބަޖެޓުން ކައުންސިލްގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަވެސް ނުދެވޭނެކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވިއެވެ،

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު، ކޮމެޓީއިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން މެމްބަރު ޓޮމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް އެމްޑީޕީއިން ދެއްކި ވާހަކަތަކަކީ ރައްޔިތުންނަށް ދެއްކި ދަޅައެއް ކަމަށެވެ. އަދި ރައްޔިތުންނަށް ބާރުތައް ދީފައިވާކަމަށް އެމްޑީޕީ މެމްބަރުން ވިދާޅުވާތީ، އެކަމަށް ފާޑު ވިދާޅުވެ ރައްޔިތުންނަށް ދީފައިވަނީ ކޮން ބާރެއްތޯ ވަނީ ސުވާލު އުފައްދަވާފައެވެ. ބާރުތައް ދީފައިވަނީ މޮހޮނަށް އޮޑިދިން ގޮތަށް ކަމަށާއި މިސްކިތް ސާފުކުރާ މީހާއަށް މުސާރަ ދޭނެ މިންވަރަށްވެސް ބަޖެޓުން ކައުންސިލްތަކަށް ފައިސާ ދިނުމަށް ނިންމާފައިނުވާކަމަށް ޓޮމް ވިދާޅުވިއެވެ.

ޓޮމް ވިދާޅުވީ މަހިބަދޫ ދާއިރާގެ ތިން ރަށުގެ ތެރެއިން އެއްވެސް ރަށެއްގައި އެއްވެސް ކަމެއް ކުރެވޭ މިންވަރަށް ބަޖެޓު ދީފައިނުވާ ކަމަށެވެ. ފިނޭންސް މިނިސްޓްރީއިން ވަނީ ހުރިހާ ބަޖެޓެއް ކަނޑާލާފައިކަމަށާއި ކައުންސިލްތަކަށް ދީފައިވާ ބަޖެޓުން ކުރެވޭނެ ހަމައެކަނި ކަމަކީ ކިރިޔާ މުސާރަ ދިނުން ކަމަށް ވިދާޅުވިއެވެ.

“ދެން ބުނަންވީ ރައްޔިތުންނޭ، ކަލޭމެނޭ ބަނދަރު ހަދާނީ! ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާންވީ ފަސް މިލިޔަނަށްވުރެ ކުޑަ ޕްރޮޖެކްޓްތައް ހިންގާނީ ކައުންސިލަރުންނޭ! ކައުންސިލަރުން މަގުތައް ހަދާށޭ، ކައުންސިލަރުން މިވެނިކަމެއް ކުރާށޭ! ކައުންސިލަރުންނަށް ކޮންކަމެއް ކުރެވޭނީ ބަޖެޓެއް ނުދީފަ!” ޓޮމް

ޓޮމްގެ ވާހަކައިގައި ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް އެމްޑީޕީއިން ދެއްކި ވާހަކަތަކަކީ ރައްޔިތުންނަށް ދެއްކި ދަޅައެއްކަމަށް ވިދާޅުވިއެވެ. އަަދި މިބަޖެޓަކީ ދަރަނި ބޮޑު ބަޖެޓެއްކަމަށާއި މިބަޖެޓާއިއެކީ ނޫޅެވޭނެކަމަށް ޓޯމް ވިދާޅުވިއެވެ. އަދި އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓު ފާސްކުރުމަށް ދެކޮޅުހަދާކަންވެސް ޓޮމްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ކައުންސިލްތަކަށް ދީފައިވާ ބަޖެޓަކީ ކުޑަ ބަޖެޓެއްކަން ފާހަގަކުރައްވައި އެމްޑީޕީގެ މެމްބަރުންވެސް ވަނީ ކައުންސިލްތަކަށް ދީފައިވާ ބަޖެޓް ބޮޑުކުރުމަށް ގޮވާލާފައެވެ. އެހެންނަމަވެސް ލާމަރުކަޒީ ކޮމެޓީގެ މުގައްރިރު ވަނީ ދައުލަތުން ދޭ ބަޖެޓުން ހުރިހާ ކަމެއް ކުރުމުގެ ފިކުރު ޕްރޮމޯޓްނުކުރުމަށް ގޮވާލާފައެވެ. އަދި ކައުންސިލްތަކުންވެސް އާމްދަނީ ހޯދާނެ ގޮތްތައް ހޯދުމަށް މެމްބަރު އަލީ ނިޔާޒް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: