ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ހަރަދު އިތުރުކުރުމަށްފަހު، ކޮމެޓީއިން ބަޖެޓު ފާސްކޮށްފި

މަޖިލީހުގެ ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ބައެއް ބަދަލުތަކާއިއެކު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމެޓީއިން ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިބަޖެޓަކީ 9.7 ބިލިޔަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.1 އިންސައްތައިގެ ބަޖެޓެކެވެ.

ބަޖެޓު ކޮމެޓިއިން ފާސްކުރި ބަޖެޓުގައި ބަޖެޓަށް 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 57.4 މިލިއަން ރުފިޔާ އާއި، ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި އަދި ހަތް މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް 16.4 މިލިއަން ރުފިޔާ އިތުރުކުރުމަށް ހިމަނާފައިވެއެވެ.

ބަޖެޓް ކޮމެޓީއިން ފާސްކުރި ބަޖެޓުގައި ނުވަ ރިކޮމެންޑޭޝަނެއް ވަނީ ހިމަނާފައެވެ. އޭގެތެރޭގައި އާސަންދައިގެ އިސްރާފާއި ނަހަމަ ގޮތުގައި ބޭނުންކުރުން ކުޑަކުރަން ފިޔަވަޅު އެޅުމާއި ސަބްސިޑީތައް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ލިބޭނޭ އިންތިޒާމް ހަމަޖައްސައި އެފިޝިއަންސީ އިތުރުކުރުމާއި އާ ގާނޫނުތައް ހެދުމުގައި ހަރަދަށް އަންނާނެ ބަދަލު ބަލައި ޖެހިގެން އަންނަ އަހަރަށް އެ ބަދަލެއް ލުމަށް މަސައްކަތް ކުރުން. އަދި އާ ގާނޫނަކާ ގުޅިގެން އިތުރު ހަރަދެއް ހިނގާ ނަމަ ސަޕްލިމަންޓުރީ ބަޖެޓުން އެކަން ކުރުމާއި ކޯޓު ހުކުމްތަކުގެ ސަބަބުން އެކި ފަރާތްތަކަށް ބަދަލު ދޭން ޖެހޭ އަދަދު ކުޑަކުރަން ފިޔަވަޅު އެޅުން ވެސް ހިމެނެއެވެ.

ބަޖެޓުގެ ހަރަދު އިތުރުކޯށް މުޅި ބަޖެޓުގެ ޖުމްލަ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ބަޖެޓުގެ ހަރަދު 34 ބިލިޔަން ރުފިޔާއިން 34.10 ބިލިޔަން ރުފިޔާއަށް އިތުރުކުރުމަށް ބަޖެޓް ކޮމެޓީއިން ފާސްކޮށްފައިވާއިރު ބަޖެޓުގެ ޖުމްލަ އަދަދު މިހާރު މިވަނީ 36.92 ބިލިޔަން ރުފިޔާގެ ބަދަލުގައި 36.99 އަށް ބޮޑުކޮށްފައެވެ. އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު 36.99 ބިލިޔަން ރުފިޔާއަށް ބޮޑުކުރުމަށް ކޮމެޓީގައި ތިއްބެވި ހުރިހާ މެމްބަރުން ވޯޓުދެއްވިއެވެ.

މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެމްބަރުން ވަނީ ބަޖެޓުގެ ޖުމްލަ އަދަދު 25 ބިލިޔަން ރުފިޔާއަށް ކުޑަކުރުމަށް ގޮވާލާފައެވެ. އަދި މި ބަޖެޓަކީ މިނިސްޓަރ އަމީރު އަންދާޒާކުރައްވާ ގޮތާއި ހިލާފަށް 14 ނުވަތަ 15 ބިލިޔަން ރުފިޔާއިން ޑެފިސިޓްވާނެ ބަޖެޓެއްކަމަށް އިދިކޮޅުން ލަފާކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: