ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޓީބީ އޭޝިއާގައި ރާއްޖެ އިސްތިހާރުކޮށްފި

އައިޓީބީ ފެއާ މިއަހަރު ބާއްވާފާ ވަނީ ވާޗުއަލްކޮށް
ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިކަމާއި ބެހޭ އެންމެ ބޮޑު ވާޗުއަލް ފެއާ، އައިޓީބީ އޭޝިއާގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެއެވެ.

މިމަހުގެ 25ން 29ށް ވާޗުއަލްކޮށް ކުރިއަށްގެންދިޔަ މި ފައާގައި ފަތުރުވެރިކަމާ ގުޅޭ އކެި ޚިދުމަތްދޭ ފަރާތްތަކާއި މިދާއިރާގެ އީޖާދީ އުފެއްދުންތަށް ފޯރުކޮށްދޭ ފަރާތތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ފަތުރުވެރިކަމުގެ އެކި ސެގްމަންޓްތަކުގެ ހިދުމަތްދޭ ފަރާތްތަކާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކުން މި ވާޗުއަލް ހަރަކާތުގެ ތެރެއިން ވަނީ މަޝްވަރާކުރުމަށް މުހިންމު ބައްދަލުވުންތަކެއް ބާއްވާފައެވެ.

މި ހަރަކާތުގައި ރާއްޖެ ތަމްސީލްކުރުމުގައި ވިޒިޓް މޯލްޑިވްސްއާއި އެކު އިންޑަސްޓްރީގެ 15 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މި ހަރާކާތުގައި ބައިވެރިވުމުގެ މަގްސަދަކީ ދެކުނުއިރުމަތީ އޭޝިއާގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް މި މާކެޓް އެކި ގައުމުތަކުން ރާއްޖެއަށް އައުމަށް ފަތުރުވެިރން ބުކިން ހަދާ މިންވަރާއި، ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުން ކަމަށް ބުންޏެވެ. އަދި ރާއްޖެއަކީ މި މާކެޓުގައި ދަތުރުކުރުމަށް އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި އިޝިތިހާރު ކުރުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕޮރޮޑަކްޓް (ރިޒޯޓު، ގެސްޓްހައުސް، ހޮޓެލް، ލިބަވޯޑު) ތަކާއި، ރާއްޖެއިން ފަތުރުވެރިނަނށް ލިބޭ ތަފާތު ތަޖުރިބާ ޕްރޮމޯޓުކުރުން ކަމަށެވެ.

އައިޓީބީ އޭޝިއާ އަކީ މި ސަރަހައްދުގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ހަރަކާތުގައި 132 ޤައުމަކުން 3200 އެގްޒިބިޓަރުން ބައިވެރިވިއެވެ. ފަސް ދުވަހުގެ މި ހަރަކާތަށް 13،000 ވުރެ ގިނަ މީހުން ވާޗުއަލްކޮށް ބައިވެރިވިއެވެ. މީގެތެރޭގައި މައިސް، ކޯޕަރޭޓް އަދި ލެޝާ ސެގްމެންޓުގެ ހިދުމަތް ހޯދުމަށް ބޭނުންވާ 1،250 ފަރާތްތަށް ހިމެނެއެވެ.

މި މާކެޓަށް އަމާޒުކޮށް މި އަހަރު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި މޯލްޑިވްސް އީ-ލާނިން ޕްރޮގްރާމް، ހަލާލް އިން އޭޝިއާ ވާޗުއަލް އިވެންޓުގެ އިތުރުން މައިބަމްޕް ކެބް އެޑްވަޓައިޒިން ކެންޕެއިން އަދި މެލޭޝިއާ އިންޓާނޭޝަނަލް ޑައިވް އެގްޒިބިޝަން 2021 ހިމެނެއެވެ.

ވޭތުވެ ދިޔަ އަހަރުތަކަށް ބަލާއިރު، ދެކުނުއިރުމަތީ އޭޝިއާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެވެ. މި އަހަރުގެ އޮކްޓޫބަރ 24  ގެ ނިޔަލަށް ރާއްޖެއަށް 962,490 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެކުނު އޭޝިއާގެ މުހިންމު މާކެޓްތަކުގެ ބޯޑަރ އަދިވެސް ބަންދުވެފައި ވުމާއެކު، މީގެތެރެއިން 1,766 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ދެކުނުއިރުމަތީ އޭޝިއާ މާކެޓުންނެވެ.

މި މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން ވަނީ މި އަހަރުގެ މިހާތަނަށް ވެބިނާ، ރޯޑް ޝޯ ގެ އިތުރުން ޖޮއިންޓް މާކެޓިން ކެންޕެއިންތައް ހިންގާފައެވެ. މި މާކެޓަށް ހާއްސަކޮށް މިހާރުވެސް ވިޒިޓް މޯލްޑިވްސްއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ޓްރިޕްޒިލާއާއެކު ކުރިއަށް ގެންދާ ޑިޖިޓަލް ކެންޕެއިންއާއި، ޓެޓްލާ މެލޭޝިއާ އަދި ޓްރެވަލް ވީކްލީ އޭޝިއާއާއެކު ކުރިއަށް ގެންދާ ކެންޕެއިން ހިމެނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: