ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމީ ދާއިރާގައި އެތައް މައްސަލައެއް އެބަހުރި، މިނިސްޓަރަށް ޒިންމާ އަދާ ނުވޭ: ޑީޑީ

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޑރ. ޑީޑީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެޑިއުކޭޝަން ދާއިރާގައި ހުރި ގިނަ ގޮންޖެހުންތައް ހައްލު ނުކުރެވުމުގެ ސަބަބުން ދިމާވަމުންދާ މައްސަލަތައް ބޮއްސުންލައިގެން ދާން ފަށާފައިވާކަމަށް އެމްޑީޕީ ގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަމުން ޑރ. ޑީޑީ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ އަކީ މީގެ ކުރިން އެއްވެސް ޕާޓިއަކާއި ގުޅިގެން މަސައްކަތް ކުރި ބޭފުޅެއް ނޫން ކަމަށެވެ. އަދި މަގަމާއި ހަވާލުވި ފަހުން އެމްޑީޕީ އާއި ގުޅުނު ކަމުގެ ވާހަަކަތައް ދެކެވޭ އިރު، މަދު މަދުން ނަމަވެސް އެމްޑީޕީގެ ހަރާކާތްތަކުން ފެންނަ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ.

ސަރުކާރު ގެނައުމަށް އެމްޑީޕީން މަސައްކަތް ކުރަމުން ދިޔައިރު ރައްޔިތުންނަށް ވީ ވައުދުތައް މިނިސްޓަރ އައިޝަތު އަލީ ދެނެވަޑައި ނުގަންނާނެ ކަމަށް ބުނެ ޑީޑީ ވިދާޅުވީ، ތައުލީމު ދާއިރާގައި މަސައްކަތް ކުރަންޖެހޭ އެންމެ ފުރިހަމަ ގޮތާއި ހުރި މައްސަލަތައް މިނިސްޓަރަށް އެނގޭނެކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ސަރުކާރު ގެނައުމަށް އޭރު ވައުދުކޮށް އެއްބަސްވެވުނީ މުދައްރިސުންގެ މުސާރަ ބޮޑުކޮށްދޭން ނަމަވެސް އޭރު އެ ވައުދުތައް ވަމުންދިޔައިރު އައިޝަތު ހުންނެވިތަނެއް ނޭނގޭކަމަށް އެނާ ވިދާޅުވި އެވެ.

ޕްރޮގްރާމުގައި ވާހަކަދައްކަމުން ޑީޑީ ވަނީ ޓީޗަރުންނަށް ދިމާވާ ކަންބޮޑުވުންތަކާއި، ބެލެނިވެރިންނާއި ދަރިވަރުންގެ ޝަކުވާތަކުގެ އިތުރުން، މިހާރު ސްކޫލު މާހައުލުގައިވެސް އާއްމުވަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވެސް މިނިސްޓަރަށް ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ.

މި މަހުގެ 17 ވަނަ ދުވަހު ގަލޮޅު މަދުރަސާގައި ހަތަރު އަހަރުގެ ތުއްތު ކުއްޖަކަށް ކުރި ޖިންސީ އަނިޔާގެ މައްސަލއިގައި އަވަސް ފިޔަވަޅު އެޅުމަށް ޑީޑީ ގޮވާލެއްވި އެވެ. އަދި މައްސަލަ ރަނގަޅު ގޮތުގައި ކުރިޔަށް ނުގެންދެވިގެން އުޅެނީ އެޑިއުކޭޝަން މިނިސްޓަރުގެ އިހުމާލުންކަމަށް، ވިދާޅުވި އެވެ.

ތުއްތު ކުއްޖާގެ މައްސަލައިގައި ކަންތައް ހިންގަމުން ދަނީ އެންމެ އެދެވިގެންވާ ގޮތަށް ނޫންކަމަށް ބުނެ، ޑީޑީ ވިދާޅުވީ ސުލްހަވެރި ހިނގާލުންތަކުގައި ބައިވެރިވާ މީހުން ހިފައި، ހައްޔަރުކޮށް ގެންގޮސް ބަނދުގައި ބަހައްޓާ އިރު ކުއްޖާކަށް މިހާބޮޑު އަނިޔާއެއް ދިން މީހަކާއި މެދު ފިޔަވަޅު ނޭޅި ލަސްވާ ސަބަބެއް ނުވިސްނޭ ކަމަށެވެ. އެހެން ދިމާވަނީ ކަމާއި ގުޅުން ހުރި އިދާރާތަކުން ޒިންމާދާރު ނުވާތީކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ.

ސްކޫލު ބަދުނާމު ވެދާނެތީ، ނުވަތަ ތަނުގެ އެޑިއުކޭޝަން މިނިސްޓްރީ ބަދުނާމު ވެދާނެތީ ފިޔަވަޅު ނާޅައި ތިބުން އެއީ 21 ވަނަ ގަރުނުގެ ތަހުޒީބު ވިސްނުމެއް ނޫންކަމަށް ޑީޑީ ވިދާޅުވި އެވެ. ސްކޫލުން ކުއްޖާއަށް އިންސާފު ހޯދައިދޭން މަސައްކަތް ނުކުރާއިރު، އެކަމާ ޖެންޑާރ މިނިސްޓްރީ ހަނު އޮތުން ގަބޫލެއް ނުކުރެވޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިޔަވަޅު ނާޅައި ލަސް ކުރުމަކީ އެއީ މިފަދަ މައްސަލަތައް އިތުރުވެދާނެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށް ޑީޑީ ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ތިބެ ޒިންމާ އަދާ ނުކުރެވޭ ބަޔަކު މަގާމުގައި ބޭތިއްބުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: