ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާގު ބަދަލުވީ، ރައީސް ނަޝީދު ޔޫޓާންއެއް ނަންގަވަން މަޖުބޫރުވީމަ: ޑީޑީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މޭއި މަހުގެ 06 ވަނަ ދުވަހުގައި ދިން ޓެރަރިސްޓު ހަމަލާގައި ލިބުނު ސީރިއަސް ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ވަޑައިގަތީ ‘ޔޫ-ޓަރން’ އެއް ނަންގަވައިގެންކަމަށް ކުރީގެ އެމްޑީޕީ ގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި، ރައީސް ނަޝީދުގެ ފަރާތުން ފެންނަ ތަފާތު ކަމުގެ ވާހަކަ ދައްކަމުން ޑީޑީ ވިދާޅުވީ، ނަޝީދުގެ ވިސްނުމާއި، ވާހަކަތަކަށް ބަދަލު އައިސްފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ވާހަކައަކީ ތެދުކަމަށާއި، ރައީސް ނަޝީދުގެ މިހަރަކާތްްތަކީ އޭރުގެ ހާލަތާއި، ވަގުތަށް ބަލާފައި ނިންމާފައިވާ ނިންމުމެއްކަމުގައެވެ. އެގޮތުން ރައީސް ‘ޔޫ-ޓަރން’ އެއް ނެގި ނަމަވެސް މިއީ ދާއިމަށް ރައީސްގެ އަމަލުތައް ހުންނާނެ ގޮތް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާއްމު ރައްޔިތުންނަށް ވެސް ރައީސް ނަޝީދާއި މަނިކުފާނާއި އެކު އުޅޭ ބޭފުޅުންގެ އަމަލާއި ރާގަށް ބަދަލުއައި ތަން މީސްޟިޑިއާގެ އެކި ޕްލެތްފޯމުތަކުގައޮ ހާމަކަންމަތީ ފެންނާން އެބައޮތްކަމަށް ޑީޑީ ވިދާޅުވިއެވެ. އަދި މި ބޭފުޅުން ސަރުކާރަށް ފާޑުކ ކިޔުުގެ ވައްޓަފާޅިވެސް ހާމަ ވެގެންދާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ އަމަލުތަކަށް މިފަދަ ބަދަލެއް އަންނަން މެދުވެރިވި އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ޑީޑީ ދެކެނީ، މިފަހުން އެމްޑީޕީގެ ތެރޭގައި ބޭއްވުނު ގައުމީ މަޖިލީހުގެ އިނތިހާބު، ބޮޑުތަނުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހއްމަދު ސޯލިހު ކާމިޔަބުކުރުންކަމަށް ޑީޑީ ވިދާޅުވިއެވެ. މި އިންތިހާބު ކާމިޔާބު ނުކުރެވުމުގެ ސަބަބުން، ބަލި ގަބޫލު ކުރަން ރައީސް ނަޝީދަށް ދަތި ތަކެއް ކުރިމަތިވުމުގެ ސަބަބުން އެމަނިްކފާނަށް ‘ޔޫ-ޓަރން_ އެއް ނަގަން މަޖުބޫރުވީކަމަށް ވެސް ޕްރޮގރާމުގައި ޑީޑީ ވިދާޅުވިއެވެ.

ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑރަކު ރައީސް ނަޝީދާއި އެކު މަސައްކަތްކުރަން ބޭނުން ނުވާކަމަށާއި އެފަދަ ލީޑަރަކު ނުފެންނަ ކަމަށް ވިދާޅުވަމުން ޑީޑީ ވަނީ ރައީސް ޔަމީނާއި ގުޅުމަށް ނަޝީދު ހުށަހެޅި ހުށައެޅުމަށް އިޝާރާތް ކޮށްފައެވެ. ރައީސް ނަޝިދުގެ މި ހުށަހެޅުންވެސް އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕީއެމްއިން އިންކާރު ކުރިކަަމަށް ޑީޑީ ވިދާޅުވިއެވެ.

މިވަގުތު ރައީސް ނަޝިދު އެންމެ ބޭނުންފުޅުވަނީ މަނިކުފާނާއި އެކު މަސައްކަތުގައި ގުޅޭނެ ފަރާތެއްކަމަށާއި، ރައީސް ގެ މީ ‘ޔޫ-ޓަރން’ އަކީ ހަމައެކަނި އެމަނިކުފާނު އިހްތިޔާރުކުރި ވަގުތީ ހައްލެއްކަމަށްވެސް ޑރ. އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: