ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފުލެޓުގެ އަގާ ބެހޭގޮތުން ސަރުކާރުން ދައްކަނީ ސިޔާސީ ބަހަނާތައް: މުއިއްޒު

ފްލެޓުތަކުގެ މައްސަލައިގައި މުއިއްޒުގެ ފާޑުކިޔުން ސަރުކާރަށް - ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމު ކުރެވިފައިވާ ހިޔާ ފްލެޓު ރައްޔިތުންނަށް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކާއި މެދު ސަރުކާރުން ދައްކަނީ ސިޔާސީ ބަހަނާތަކެއް ކަމަށް މާލެ ސިޓީ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަ ދައްކަމުން މުއިއްޒު ވިދާޅުވީ ސަރުކާރުން ދައްކަމުންދާ ބަހަނާތަކަކީ އެއްވެސް ޓެކްނިކަލް އަސާސެއްނެތި، ހަގީގަތް ދޫކޮށްލައި، ސަރުކާރުގެ ސިޔާސީ އެޖެންޑާ ކުރިއެރުވުމަށް ދައްކަމުންދާ ވާހަކަތަކެއް ކަމުގައެވެ.

ހިޔާ ފްލެޓު ފަދަ ތަންތަނަކީ ސަރުކާރުގެ ކޮންޓްރޯލުގައިވާ ތަންތަނަށް ވުމާއި އެކު، ބޭނުން ވާ ގޮތަށް ރިޕޯޓު ނެރެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން މީގެ ތެރެއަށް ވަންނަން ޖެހުނު ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ކައުންސިލަކީ ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ ކައުންސިލަށް ވުމާއި އެކު، މާލޭގެ އެތައް ހާސް ރައްޔިތުންތަކެއް ޝާމިލުވާ ކަމަކަށް މި މައްސަލަވުމުންނެވެ. ރައްޔިތުންގެ އަތުން ނުހައްގުން އެތައް ހާސް ފައިސާއެއް ނަގައި، ފްލެޓުތައް ނުނިންމާ ރައްޔިތުންނާއި ހަވާލުކުރމަކީ ސިޓީ ކައުންސިލުން ގަބޫލުކުރާނެ ކަންތައްތަކެއް ނޫނަކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުންނަށް އިންސާފުން ކަން ހިނގުމަށް ބޭނުންވާތީ ޗިޓީ ކައުންސިލުން މިކަމާއި ގުޅޭ ދިރާސާއެއްކޮށް، ދިރާސާއިން ހޯދުނު ހޯދުންތައް ރިޕޯޓެއްގެ ގޮތުގައި އެކުލަވާލި ކަމަށް މުއިއްޒު ފާހަގަކުރިއެވެ. އަދި ކައުންސިލުން އެކުލަވާލ ރިޕޯޓުގައި ހިމަނާފައިވާނީ ފެކްޓްސް ކަމަށާއި މި ރިޕޯޓަަށް މައުލޫމާތު ދީފައި ވަނީ ކުރިން މި މަޝްރޫއުގައި ހަރަކާތްތެރިވި ފަރާތްތަކުން ކަމަށްވެސް މުއިއްޒު ފާހަގަކުރެެއްވިއެވެ.

ރަސްމީ ނަޒަރަކުން، އެއްވެސް ކޮޅަކަށް ނުޖެހި މި މައްސަލައަށް ބަަލައިފިނަމަ ލިބޭނެ ކޮންކްލޫޝަން މި ރިޕޯޓުން އިން ވެސް ފެންނަން އެބަ އޮތްކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި މުއިއްޒު ވަނީ ސަރުކާރާއި، ސަރުކާރުގެ ކުންފުނިތައް އަދި މި ސަރުކާރުން ކަނޑައަޅައި ހަމަ ޖައްސާފައިވާ އޮޑިޓަރ ޖެނެެރަލް ފަދަ ބޭފުޅުން ރައީސް އޮފީހުން ބޭނުންވާ ގޮތަށް ރިޕޯޓުތައް އެކުލަވާލައި ނެރޭނެކަން އެއީ ސިޓީ ކައުންސިލުން ހާސްވާ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލަށް މުހިންމު ކަމަކީ ރައްޔިތުންނަށް ލިބޭ ފްލެޓުތައް އޭގެ އެންމެ އެކަށީގެންވާ އަގުގައި ރައްޔިތުންނަށް ލިބިގެން ދިއުންކަމުގައި ވީނަމަވެސް އެކަން ސަރުކާރުން ޔަގީންކޮށް ނުދެއްވާކަމަށާއި ސަރުކާރުގެ އަމަލުތައް ހުރީ އޮޅުވާލުމާއި، ސިޔާސީ އެކި މަގްސަދަށްޓަކައި ކުރީ ސަރުކާރު ބަދުނާމުވާ ކަހަލަ ކަންތައް ކުރުމަށްކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިއީ ސަރުކާރަށް ސިޔާސީ ގޮތުން ގިނަ ގެއްލުންތަކެއް ކުރާ ކަމެއްކަމުގައި ބުނަމުން މުއިއްޒު ވިދާޅުވީ ސަރުކަރުގެ ކަންތައް ހިނގާ ގޮތަކީ ރައްޔިތުންގެ ތެރޭގައި ނުހިނގާ ކަންކަމުގެ ގޮތުގައެވެ. އަދި ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަަމަވެސް އެގެންދާ ގޮތަށް ކުރިއަށް ގެނދިޔަ ނަމަވެސް ރއަޔިތުންގެ ތެރޭގައި ކާމިޔާބެއް ނުލިބޭނެކަމަށެވެ.

ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިހުލާސްތެރިކަން އިސް ނުކުރާހާ ހިނދަކު ސަރުކާރު ހިންގުމާއި ހަވާލުވެ ތިބި ފަރާތްތަކަށް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: