ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވާދަވެރި އިދިކޮޅަކުން މައްސަލަތައް ދައްކަނީ ހައްލެއް ލިބޭނެ ކަމުގެ އުއްމީދުގައި: ސައީދު

މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބްރައީސް މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕާޓީއިން ސަރުކާރުގެ އެތެރެއިން ފެންނަ މައްސަލަތައް، ދައްކަނީ އެ ކަންކަމަށް ހައްލު ހޯދައި، ސަރުކާރުގެ ފަރާތުން ޖަވާބު ހޯދުމުގެ ބޭނުމަށްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ‘ޚަބަރަށްފަހު’ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ބޭނުންވަނީ ވާދަވެރި ސިޔާސީ މާހައުލެއް ކަމަށެވެ. އެހެންކަމުން އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އަބަދުވެސް މަސައްކަތް ކުރަނީ، ސަރުކާރުން ހަދާ ގޯސްތައް ފާހަގަކޮށް އެކަންކަން ރައްޔިތުންގެ އަޑުގެ ގޮތުގައި ސަރުކާރަށް އިއްވުންކަމަށް ސައީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެ، ސައީދު ވަނީ މިއީ ވަރަށް ހާލަތު ގޯސްވެފައިވާ ސަރުކާރެއްކަމަށް ވިދާޅުވެފަ އެވެ. މިސާލެއް ނަންގަވައި ސައީދު ވިދާޅުވީ ޅ އަތޮޅު ކުނަހަންދޫގެ އެމްބިއުލާންސް ހަލާކު ވެފައި އޮންނަތާ 3 މަސް ދުވަސް ވީއިރު ސަރުކާރަށް ރޭކާވެސް ނުލާ ކަމަށެވެ. މިއަދު ރައްޔިތުން ބަލި މީހާ ގޮވައިގެން ދާން ޖެހެނީ، ފައްޖެހި އެނދެއްގައިކަމަށް ސައީދު ވިދާޅުވި އެވެ. މީގެ އިތުރުން ލ. ހިތަދޫގައި، ޕެނެޑޯލް ގުޅައެއްގެ މިންވަރު ގަތުމަށް ރައްޔިތުންނަށް ދަތިވެފައިވާއިރު އެ ރަށުގެ، ބޭސް ފިހާރަ ތަކުގެ ބޭސް ހުސްވިތާ 4 މަސް ވެފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ގަބޫލުކުރާ ގޮތުގައި މިފަދަ ކަންތައް ރަނގަޅު ނުކުރެވެނީ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ސަމާލުކަން ނުދެވޭތީ އެވެ.

ބޭހުގެ ދަތިކަން ރައްޔިތުން އިހުސާސް ކުރަމުންދާތީ ހައްލު ހޯދަން ހެލްތު މިނިސްޓަރަށް ސިޓީ ލިޔެ، ބައްދަލު ކުރި ނަމަވެސް އަދިވެސް ހައްލެއް ހޯދިފައިނުވާކަމަށް ސައީދު ވިދާޅުވިއެވެ. ސަރުކާރަށް މިފަދަ މުހިންމު ކަންތައް ރަނގަޅު ކުރުމުގައި ވަގުތު ނަގަމުންދާއިރު، 5 މިލިއަން ހަރަދުކޮށް ޔޫރަޕަށް ދަތުރު ހެދުން އެއީ އެންމެ ރަނގަޅު ގޮތްތޯ އޭނާ ސުވާލު އުފެއްދި އެވެ.

ސަރުކާރަށް 3 އަހަރު ވެގެންދާއިރު އެމްބިއުލާންސެއްގެ ޓަޔަރު ރަނގަޅުކުރުމަށް 3 މަސް ނަގާނަމަ އެކަމުން ސަރުކާރުގެ ނާގާބިލުކަން އެނގިގެން ދާކަން ސައީދު ފާހަގަ ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: