ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނގިރޭޓު ބުއިން މަނާ ސަރަހައްދު ކަނޑައަޅަން ހިޔާލަށް ހުޅުވާލައިފި

ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ބޯޑު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދު ކަނޑައަޅަން އާއްމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިރޭ ބުނީ، ސިއްޙަތު ސަލާމަތުން ބެހެއްޓުމަކީ ކޮންމެ އިންސާނަކަށް ލިބިގެންވާ ހައްގެއް ކަމަށާއި ސިއްހަތު ފަސާދަ ކުރުވަނިވި ނުރައްކާތަކުން ރައްޔިތުން ސަލާމަތްކޮށް، ދުޅަހެޔޮކަމުގައި ދެމިހުރުމުގެ އިންސާނީ ހައްގު ކަށަވަރުކުރުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.

ޒަމާނީ ސައަންސުގެ އިލްމުން ދައްކާ ގޮތުގައި، ދުންފަތާއި ދުންފަތުގެ އިސްތިޢުމާލުކުރުމުން އަރާ ވިހަ ދުމުގައި ހިމެނޭ ނުރައްކާތެރި މާއްދާތަކުގެ ސަބަބުން ފުރާނައަށް ނުރައްކާތެރިކުރުވާ ބަލިތައް ޖެހޭއިރު އާއްމު ތަންތަމުގައި އާއި މަސައްކަތުގެ މާހައުލުތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމުން ދުންފަތާއި، އޭގެ ނުސީދާ ދުމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ޖެހޭ މިންވަރާއި، މީހުން މަރުވާ މިންވަރު މަދުކުރެވިފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި ވީހާވެސް ގިނަ އާއްމު ތަންތާނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށް ޤަވާއިދުތައް ރަނގަޅަށް ތަންފީޒު ކުރުމުން ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް ހިތްވަރު ލިބެގެންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިގޮތުން، ދުންފަތުގެ ވިހަ ދުމުން ސަލާމަތްވެ، ދުންފަތުގެ އިސްތިޢުމާލު ނުކުރާ، އަދި ކުރާ އެއްމެނަށް ވެސް މަގުތަކާއި، ޢާންމު ތަންތާންގައި ރައްކާތެރިކަމާއި އެކުގައި ހަރަކާތްތެރިވެ އުޅެވޭނެ މާޙައުލެއް ޤާއިމުކުރުމުގެ ގޮތުން، ކަނޑައެޅިފައިވާ ވަކިވަކި ޖާގަތަކުގައި މެނުވީ ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރެވޭނެ ކަަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މިދެންނެވި މަޤްސަދު ހާޞިލްކުރުމްއްޓަކާއި މާލޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާ ސަރަހައްދުތައް ސާފުކޮށް އެނގެން ހުންނާނެ ގޮތަށް މަނާކަން އަންގައިދޭ ބޯޑު ހަރުކުރެވޭނެ ކަމަށާއި އެކި ސަރަޙައްދުތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްދަކުރެވޭ ތަންތަން ކަނޑައަޅައި، ފާހަގަކުރެވޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އަދި މިސަރވޭގެ ބޭނުމަކީ މާލޭ ސިޓީގައި ހުރިހާ ޢާންމު ތަންތާންގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށް، އެކަން ހުއްދަކުރެވޭ ޚާއްސަ ޖާގަތަކެއް އެކަށައެޅުމާމެދު މާލޭ ސިޓީ ރަށްވެހިންގެ ޚިޔާލު ހޯދުން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މިސާވޭގެ ބައިވެރިންނަކީ ކާކުކަން އެއްވެސް ފަރާތަކަށް ނުފެންނާނެއެވެ. އަދި، ދެއްވާ ޖަވާބުތައް ސިއްރު ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: