ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނަށް ކުރާ ފުރައްސާރަ ހުއްޓުމަށް ހުތުބާގައި ނަސޭހަތްތެރިވެއްޖެ

ހުކުރު ނަމާދު ކުރަނިކޮށް..ފޮޓޯ:ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނާއި މެދު ނަފްރަތު އުފައްދައި، ދީނަށް ފުރައްސާރަ ކުރުމަށް ހިންގާ އަމަލުތައް ހުއްޓާލުމަށް މިއަދުގެ ހުކުރު ހުތުބަގައި ނަސޭހަތްތެރިވެއްޖެ އެވެ.

ހުތުބާގައި ބުނެފައިވަނީ ފާޅުގައި ނަމަވެސް ދީނައި މެދު ޝައްކު އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި މުޖްތަމައުގެ ތެރޭގައި މަދުން ނަމަވެސް ދީނަށް ފުރައްސާރަ ކުރާ ބަޔަކު އުޅުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ.

އޮންލައިން ޕްލެޓްފޯމުތަކުގެ ބޭނުންހިފައި، ދީނަށާއި ދީނުގެ ޝިއާރުތަކަށް ޖޯކުޖަހައި މީހުން އުޅޭކަމަށް ހުތުބާގައި ބުނެފައިވެއެވެ. ހުތުބާގައި ވަނީ ފާޅުގައި، ނުވަތަ ވަގު އެކައުންޓްތައް ހަދައިގެން ހިންގާ މިފަދަ ހަޑި މުޑުދާރު އަމަލުތައް ހުއްޓުމަށް ނަސޭހަތްތެރިވެފަ އެވެ.

މީގެ އިތުރުން ރާއްޖެގައި ދީނީ އެއްބައިވަންތަކަމާއި ގައުމީ އަމާންކަން ދެމެހެއްޓުމަށް ހެދިފައިވާ ގާނޫނުތަކުގެ ދަށުން، މިފަދަ އަމަލުތައް ހިންގާ ފާރަތްތައް ހޯދައި، އެ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ހުތުބާގައި އިލްތިމާސްކޮސްފައިވެ އެވެ.

ހުތުބާގައި ބުނީ މިހާރަކަށް އައިސް ސައްތައިން ސައްތަ މުސްލިމް ގައުމުތަކުގެ ބައެއް މީހުންގެ ފަރާތުން ވެސް ދީނާއި ދެކޮޅު އަމަލުތައް އާއްމުވަމުންދާ ކަމަށެވެ. އިސްލާމް ދީނުގެ ނަމުގައި މީހުންގެ މުދާތަކަށް ގެއްލުންދީ، މީހުން މެރުމާއި، އަނިޔާވެރި އަމަލުތަކަށް ހިންގުމުގެ އިތުރުން ނަފްރަތުގެ އަމަލުތައް ހިންގުމަކީ އިސްލާމްދީނަށް ކުރެވޭ ވަރަށް ބޮޑު އިހާނާތެއްކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ހުތުބާގައި އިސްލާމް ދީނަކީ މުޅި ހަޔާތް އެ ދީނުގެ އުސޫލުތަކާ އެއްގޮތަށް ބައްޓަންކުރަންޖެހޭ ދީންކަން ފާހަގަ ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: