ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކަކޫ ނިވާނުވާ ވަރުގެ ސޯޓެއްގައި ހުންނެވުމުން އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް ޑރ.މުހައްމަދު އިޔާޒް އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްނާން ކަކޫ ނިވާނުވާވަރުގެ ސޯޓެއްގައި ހުންވައިގެން ބައިވެރިވަޑައިގެންނެވީ ކުޅުދުއްފުށީ ޕޮލިސް ފޫޓްސަލް ދަނޑު ހުޅުވާ ދެއްވުމަށްފަހު ކުޅުނު ފުޓުބޯޅަމެޗެއްގަ އެވެ.
އެކަމަށް އިޝާރާތްކުރައްވާ ޑރ.އިޔާޒް ވިދާޅުވީ ޢައުރަ ނިވާ ކުރުމަކީ ވަކި މީހަކު ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެންމެންވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ޚާއްޞަގޮތެއްގައި އެހެންމީހުންނަށް ނަމޫނާ އަކަށް ވާންޖެހޭ އިމްރާން ފަދަ ބޭފުޅަކު ކަކޫ ފެންނަ ހެދުމެއްގައި ޢާއްމުންގެ ތެރެއަށް ނިކުންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އިމްރާން އައުރަ ނިވާނުވާނުވާ ހެދުމެއްގައި ހުރުމުން ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އިމްރާނަށް ފާޑު ކިޔަމުންނެވެ.

