ގަވާއިދުތައް އިސްލާހު ނުކޮށް ތަންފީޒުކުރުމާއި އާއްމުކުރުމަކީ ސަރުކާރުގެ ފަރާތުން ކުރެވޭ ނާތަހުޒީބު ކަމެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މިހާރުގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
ސިވިލް ސާވިސް ގެ މުވައްޒަފުން މަސައްކަތުގައި އުޅޭ ވަގުތު ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވުމަކީ ވަގުތުން ވަޒީފާއިން ވަކި ކުރަން ކުރެވޭނެ ކަމަށްބުނެ އިއްޔެ ސިވިލް ސާވިސް ކޮމިޝަނުން ގަޒެޓުކޮށްފައިވާ އައު އުސޫލުތަކާއި ބެހޭ ގޮތުނަ ހިޔާލުފާޅުކުރަމުން އާދަމް ޝަރީފު ވިޑަލުވެފައިވަނީ މިއީ ޑިމޮކްރަސީ އާއި ބީރައްޓެހި ކަމެއް ކަމުގައެވެ.
އެގޮތުން ސިވިލް ސާވެންޓުންނަށް ރަސްމީ މަސައްކަތުގައި އުޅޭ ވަގުތު ސިޔާސީ ހަރާކާތްތަކުގައި ބައިވެރިނުވެވޭ ގޮތަށް ސަރުކާރުން ހަދާފައިވަނީ، މި މުވައްޒަފުންނަށް ބިރު ދައްކައި، މުވައްޒަފުންގެ ހައްގުތަކުން މަހުރޫމު ކުރުމުގެ ނިޔަތުގައި ކަމަށް އާދަމް ފާހަގަކޮށްފައިވެއެވެ. ސިޔާސީ ކަމެއްގައި ބައިވެރިވެއްޖެނަމަ ވަޒީފާއިން ވަކިކުރަން ނިންމީ ކުރީ ސަރުކާރުގެ ދުވަސްވަރު ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ރޭގަ ބުނުމާއިއެކު އާދަ ޝަރީފު ވަނީ އުސޫލުތައް ތަންފީޒު ކުރި ިއރު އިސްލަހު ނުކުރީ ކީއްވެ ކަމާއި މެދު ސުވާލު އުފައްދާފައެވެ. ޓްވިޓަރގައި އާދަމް ޝަރީފް ކޮށްފައިވާ ޕޯސްޓިގައި އޭނާ ބުނެފައިވަނީ ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ގަވާއިދުތައް އިސްލާހުނުކުރަން ޖެހޭ ސަބަބެއްނެތް ކަމަށާއި، ސަރުކާރުން، ކުރީގެ ވެރިކަމާއި މިކަން މަތި ކުރުމަކީ ސަރުކާރުގެ ނާގާބިލުކަން ހަމަވާ ސިފައެއްކަމުގައެވެ.
މީގެ އިތުރުން އާދަމް ޝަރީފު ވަނީ، ސިވިލް ސާވެންޓުންގެ ހައްގުތައް ރައްކާތެރި ނުކުރެވި، ހައްގު ގެއްލިދިއުމުގައި ސިވިލް ސާވިސް ކޮމިޝަނުގެ ބޮޑު އިހުމާލެއްވާ ކަމަށް ބުނެފައެވެ.
މީސްމީޑީއާގައި މިކަމާއި ބެހޭގޮތުން ހިޔާލުފާޅު ކުރަމުން އާދަމް ވަނީ ގެޒެޓުކުރެވިފައިވާ އުސޫލުތަކަށް އިސްލާހު ގެނައުމަށް ގޮވާލާފައެވެ.
މި ކޮމިޝަނުން ގެޒެޓުކޮށްފައިވާ ގަވާއިދުގައިވަ ފަދައިން ނަމަ ރަސްމީ ގަޑީގައި ރަސްމީ މަސައްކަތުގައި އުޅޭއިރު ސިޔާސީ ހަރަކާތްތަކުގައި ސިވިލްސާވަންޓުން ބައިވެެރިވުމަކީ ކުށެއް ކަމުގައެވެ. އަދި ރަސްމީ ގަޑީގެ ބޭރުންވެސް ސިޔަސީ ހަރަކާތްތަކުގައި ބައިވެރިވުމަކީވެސް ކުށެއްކަމުގައި ވަނީ ފާހަގަކޮށްފައެވެ. މިކަން މިގޮތަށް އޮންނަތާ އަހަރުތަކެއް ވެއްޖެކަމަށާއި މިގޮތަށް މިގާނޫނުގައި 2015 ވަނަ އަހަރުން ފެށިގެން ބަޔާންވެފައި އޮންނަކަމަށް ސިވިލް ސާވިސް ކޮމިޝަންއިން ބުނެއެވެ.

