ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހި ކަމުގެ ހައްލަކީ ގުޅީފަޅު ރެޒިޑެންޝަލް ސިޓީއަކަށް ހެދުން: މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު މުއިއްޒު/ ފޮޓޯ: މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންނަށް ދިމާވަމުންދާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ހައްލަކީ ރެޒިޑެންޝަލް ސިޓީއަކަށް ގުޅީފަޅު ހެދުން ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަމުން މޭޔަރު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓަކީ އަދި ބޯހިޔާވަހިކަމުގެ ހައްލެއް ނޫން ކަމަށެވެ. ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކުރީގެ ހައުސިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މުއިއްޒު ވިދާޅުވީ ގުޅީފަޅުގައި ރައްޔިތުންނަށް ގެދޮރު އެޅޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ ކަމަށެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވިސްނުމަކީ ގުޅީފަޅުގައި ޕޯޓެއް ތަރައްގީ ކުރުން ނަމަވެސް، މުއިއްޒު އެކަމަށް ތާއީދެއް ނޫނެވެ. އޭގެ ގަބޫލު ކުރާ ގޮތުން ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ގުޅީފަޅުގައި ރެޒިޑެންޓަލް ޔުނިޓުތަކެއް ގާއިމް ކުރުމެވެ. އެކަމަށް ރައީސް ސޯލިހާއި އެކު މަޝްވަރާތަކެއް ކުރެވުނުކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، އޭނާގެ ހުށަހެޅުންތައް ޕްލޭނިން މިނިސްޓްރީ އާއި ހިއްސާކޮށް ސިޓީ ކައުންސިލާއި ގުޅިގެން ވަކި ޕްލޭނެއްގެ ދަށުން ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ދެންނެވި ކަމަށެވެ.

މި މަޝްވަރާތަކާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ނުދިއުން އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ތަފާތު އެކި ފަހަރު މަތީން ފޮނުވި ސިޓީތަކަށް ރައީސް އޮފީހުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. ޕްލޭނިން މިނިސްޓްރީއަށް ސިޓީ ފޮނުވުމުން އެކަމުގެ ޖަވާބެއްގެ ގޮތުގައި، މަސައްކަތް ކުރަމުންދާކަމަށް ބުނިކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހި ކަމުގެ މައްސަލައަކީ ސިޓީ ކައުންސިލުގެ އިހްތިސޯސްގައިވާ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް މުއިއްޒު ދެކޭގޮތުގައި ސިޓީ ކައުންސިލަކީ ރައްޔިތުން ހޮވާފައިވާ ކައުންސިލަކަށް ވުމާއިއެކު، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަކީ ކައުންސިލްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ސިޓީ ކައުންސިލުގެ އަމާޒަކީ މާލޭގެ ރައްޔިތުން އެންމެ ކަންބޮޑުވާ ކަންކަމަށް ހައްލެއް ގެނެސް ދިނުންކަން ފާހަގަ ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: