ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސްކުރެވުނު އިހުތިޖާޖު އަންނަ ހުކުރު ދުވަހު!

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ބާއްވާ ހިނގާލުމެއް/ ފޮޓޯ:- އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިންތިޒާމުކޮށްގެން މިދިޔަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހުނު ސުލްހަވެރި ހިނގާލުން އަންނަ ހުކުރު ކަމަށްވާ 12 އޮކްޓޯބަރުގައި ބާއްވަން ނިންމައިފިއެވެ.

މި ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވަނީ 5 އޮކްޓޯބަރުގައި ބާއްވަން ނިންމި އިހުތިޖާޖު މޫސުން ތަންނުދިނުމާއި ގުޅިގެން ކުރިއަށް ނުގެންދެވުމާއި އެކު، މި އަންނަ ހުކުރު ދުވަހު ބާއްވަން ނިންމާފައިވާކަމަށެވެ.

މި އިހުތިޖާޖަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ގުޅުންހުރި އަސާސްތައް ގެއްލެމުން ދާތީ އެކަމާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ބާއްވާ އިހުތިޖާޖެކެވެ. މިހިނގާލުމަކީ ވަކި ޕާޓިއަކަށް ނިސްބަތް ނުކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ދައުވަތު ދީގެން ބާއްވާ އިހުތިޖާޖެކެވެ.

ކޯލިޝަނުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޕީޕީއެމްގެ މެމްބަރެއްކަމަށްވާ މުހައްމަދު އިސްމާއިލު ވަނީ މިއަދު ގައުމު އޮތް ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އޭނާ ވިދާޅުވީ 3 އަހަރު ދުވަހު މިގައުމުގެ ވެރިކަން ކުރަމުން އައިރު ވެރިކަމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ގެއްލެމުންދާ ދިވެހި ގައުމުގެ އަސާސްތަކާއި މެދު އަޑުއުފުލާނެ ލީޑަރެއް ނެތް ކަމަށެވެ.

މިހިނގާލުމަކީ ގައުމީ ހަރަކާތެއްގެ ގޮތުގައި ޕޮލިހުގެ ހުއްދައިގެ ދަށުން ކުރިއަށް ގެންދެވޭ ހަރަކާތަކަށް ވުމާއިއެކު، ގިނަ ދިވެހި ރައްޔިތުން މި އިހުތިޖާޖުގައި ބައިވެރިވެ އަޑު އުފުލުމަކީ ޕާޓީގެ ލީޑަރު އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ އެދުމެއްކަމަށް މުހައްމަދު ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުކުރު ދުވަހު ބާއްވަން ހަމަޖެހިފައިވާ މިސުލްހަވެރި ހިނގާލުން އޮންނާނީ ޕީޕީއެމް އޮފީސް ދޮރުމަތީގައެވެ. ހިނގާލުން ފަށާނީ ހަވީރު 3:45 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: