ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޕީގެ ދެ އޮފީސް އައްޑޫގައި ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ދެ އޮފީސް އައްޑޫގައި ހުޅުވައިފިއެވެ.

ޕާޓީގެ އަތޮޅުތެރޭގެ ފުރަތަމަ އޮފީސް ހުޅުވާލައިފައި ވަނީ އެމްއެންޕީގެ ލީޑަޝިޕްގެ ޓީމަކުން އައްޑޫއަށް ކުއި ދަތުރުގެ ތެރެއިންނެވެ. އޮފީސް ހުޅުވާދެއްވީ ޕާޓީގެ ރައީސް ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ އެ ޕާޓީގެ އެންމެ ބޮޑު އެއް އަމާޒަކަށް ވާނީ އައްޑޫއަށް ކުރިއެރުން ގެނައުން ކަމަށެވެ. ކުރީގެ އެކި ވެރިކަންތަކުގައި އައްޑޫއަށް ބޮޑު އިހުމާލެއްވެފައިވާއިރު، ސިޓީގެ އިންޓަނޭޝަނަލް އެއާޕޯޓަށް ސަމާލުކަމެއް ދެވިފައި ނެތްކަމަށް ނާޒިމް ވިދާޅުވި އެވެ. ސަރަހައްދުގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓު ކުރެވޭނީ، އެއާޕޯޓު ތަރައްގީކޮށްގެންކަމަށް ވުމާއި އެކު އެ ދާއިރާއިން އިންގިލާބެއް ގެނައުމަށް ޕާޓީގެ މެނިފެސްޓޯގައި ހިމަނާނެކަމަށް ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީ ލީޑަޝިޕުން ކުރާ މި ދަތުރުގައި، އައްޑޫ ސިޓީ ފޭދޫގައި އާއި ހިތަދޫގައި ޕާޓީގެ އޮފީސް ހުޅުވާފައިވެއެވެ.

ރާއްޖޭގައި އެންމެ ފަހުން ރެޖިސްޓްރީ ކުރި އެމްއެންޕީއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މެމްބާޝިޕް ހަމަކުރި ޕާޓީ އެކެވެ. އަދި އެ ޕާޓީން އަމާޒު ހިފާފައި ވަނީ އަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން ހަމަ ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: