ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދު ވެސް އެމްޑީޕީގެ އަމާޒު: ނަޝީދު

ެައީސް ނަޝީދުއާއި ރައީސް ސާލިޙް ބައްދަލު ކުރައްވަނީ ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދު ވެސް އެމްޑީޕީގެ އަމާޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު ސަރުކާރުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އެކަން އިއުލާނު ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

އެގޮތުން އެ ޓްވީޓުގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދު ވެސް އެމްޑީޕީގެ އަމާޒު ކަމަށާއި އެކަމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރިތަކަށް މިނިމަމް ވޭޖު ގޮތުގައި ކަނޑައަޅާފައި ވަނީ މަހަކު 4،500 ރުފިޔާ ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަކަށް މަހަކަށް 8،000 ރުފިޔާގެ މިނިމަމް ވޭޖެއް ވަނީ ކަނޑައަޅާފައިވާ ކަމަށެވެ.

ޕްރައިވެޓް ސެކްޓަރުގައި މެދު ފަންތީގެ ވިޔަފާރިތަކަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅެނީ ގަޑިއިރަކަށް 7000 ރުފިޔާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: