ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ވައުދު ފުއްދާ، ރައްޔިތުންގެ އަޑު އަހާ ސަރުކާރެއް: ޔައުގޫބު

ދާންދޫ ދައިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއީ ވައުދު ފުއްދާ އަދި ރައްޔިތުންގެ އަޑު އަހާ ސަރުކާރެއް ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ޔައުގޫބު މިހެން ވިދާޅުވީ މިއަދު ސަރުކާރުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އެކަން އިއުލާނު ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި މިދިޔަ މަހުގެ ކުރި އިހުތިޖާޖުގެ ތެރެއިން “ހިދުމަތުގައި 36 އަހަރު، 4،465ރ މިއީ ހައްގު މިންވަރުތޯ؟” ކަމަށް ބުނެ ދުވަސްވީ މީހަކު ހިފައިގެން ހުރި ޕޯސްޓަރެއްގެ ފޮޓޯއެއް އެދުވަހު އާންމުވިއެވެ. އެ ފޮޓޯއާ ގުޅިގެން މީގެ ކުރިން ޔައުގޫބު ވަނީ ފާއިތުވެގެން ދިޔަ 36 އަހަރުގެ ތެރޭގައި ނުލިބުނު މުސާރައިގެ ހައްލު މި ސަރުކާރުން ހޯދައިދޭނެ ކަމަށް ވިދާޅުވެފައެވެ.

އެ ހަބަރުގެ ސްކްރީން ޝޮޓަކާއެކު ކުރެއްވި ޓުވީޓެއްގައި ޔައުގޫވު ވަނީ އެ ފޮޓޯގައިވާ ފަރާތުން ކުރަމުންދިޔަ 36 އަހަރުގެ އިންތިޒާރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިމުން ގެނެސްދީފައިވާ ކަމަށް ވިދާޅުވެފައެވެ.

“މިއީ ވައުދު ފުއްދާ ސަރުކާރެއް. އަދި ރައްޔިތުންގެ އަޑު އަހާ ސަރުކާރެއް. 36 އަހަރު ނުލިބުނު މުސާރައިގެ ހައްލު އެއޮތީ ހޯދައިދީފަ،” ޔައުގޫބު ވިދާޅުވިއެވެ.

މިނިމަމް ވޭޖް ކަނޑައަޅައިފައި ވަނީ އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގަ އެވެ.

މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތައް:

އަމިއްލަ ކުދި ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 4500 ރުފިޔާ.

މެދު ފަންތީގެ އަމިއްލަ ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 7،000 ރުފިޔާ.

ބޮޑެތި އަމިއްލަ ވިޔަފާރިތައް: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 8،000 ރުފިޔާ.

ޕަބްލިކް ސެކްޓާ: މަހެއްގެ މައްޗަށް ދެވޭނެ އެންމެ ދަށް މުސާރަ އަކީ 7،000 ރުފިޔާ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: