ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮކްޓޯބަރުގައި މީރާއަށް އެއް ބިލިއަން ރުފިޔާ ބަލައިގެންފި

މީރާގެ އޮފީހުން މީހަކު ހިދުމަތް ހޯދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ އޮކްޓޯބަރު މަހު މީރާއަށް 1 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %155.7 (ސަތޭކަ ފަންސާސް ފަހެއް ޕޮއިންޓް ހަތެއް އިންސައްތަ) އިތުރު އަދަދެކެވެ. އަދި މިއީ މި އަހަރުގެ އޮކްޓޯމަރު މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %39.2 (ތިރީސް ނުވައެއް ޕޮއިންޓް ދޭއް އިންސައްތަ) އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މި އަހަރުގެ އެމަހުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ،ޓޫރިޒަމް ލޭންޑް ރެންޓް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ.

މިގޮތުން، އެ އަހަރުގެ އޮކްޓޫބަރާއި އަޅާބަލާއިރު މި އަހަރުގެ އެ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 12 ގުނަ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، އާމްދަނީ އިތުރުވުމުގެ އަނެއް ސަބަބަކީ ކުރީގެ މުއްދަތުތަކަށް ލިބެންޖެހޭ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ މި މަހުގެ ތެރޭގައި ލިބިފައިވުންކަމަށް މީރާއިން މައުލޫމާތުދެއެވެ.

މި އަހަރުގެ އޮކްޓޯބަރުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ %58.4 (ފަންސާސް އަށެއް ޕޮއިންޓް ހަތަރެއް އިންސައްތަ) ނުވަތަ 584.86 މިލިއަން ރުފިޔާ ( ފައްސަތޭކަ އަށްޑިހަ ހަތަރު މިލިއަން ރުފިޔާ އައްޑިހަ ހަ ލާރި) އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ %11.8 (އެގާރަ ޕޮއިންޓް އަށެއް އިންސައްތަ) ނުވަތަ 117.96 މިލިއަން ރުފިޔާ (ސަތޭކަ ސަތާރަ މިލިއަން ރުފިޔާ ނުވަދިހަ ހަ ލާރި) އެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 65.11 މިލިއަން ރުފިޔާ  (ފަސްދޮޅަސް ފަސް މިލިއަން ރުފިޔާ އެގާރަ ލާރި) ނުވަތަ (%6.5)، ގްރީން ޓެކްސްގެ ގޮތުގައި 57.16 މިލިއަން ރުފިޔާ (ފަންސާސް ހަތް މިލިއަން ރުފިޔާ 16 ލާރި) ނުވަތަ (%5.7)، އެއަރޕޯޓްޑިވެލޮޕްމެންޓް ފީގެ ގޮތުގައި 50.2 މިލިއަން ރުފިޔާ (ފަންސާސް މިލިއަން ރުފިޔާ ދެ ލާރި) ނުވަތަ (%5.0) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 125.98 މިލިއަން ރުފިޔާ (ސަތޭކަ ފަންސަވީސް މިލިއަން ރުފިޔާ  ނުވަދިހަ އަށް ލާރި)  (%12.6) ލިބިފައިވެއެވެ.

އޮކްޓޫބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 38.20 (ތިރީސް އަށެއް މިލިއަން ރުފިޔާ ވިހި ލާރި) މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: