ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރެފިކް ޖޫރިމަނާ އާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު!

ޓްރެފިކް ފުލުހުން ޟާލޭގެ މަގުތަކުގައި ހަރަކާތްތެރިވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކުރާ ޖޫރިމަނާއަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެކަމުގެ ޝަކުވާ ހުށަހަޅައި ބެލުމުގައި އަމަލުކުރާނެ ގޮތް ކަނޑައަޅައި ގަވައިދަށް އަމަލުކުރަން ފަށައިފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ޝަކުވާ ހުށަހެޅުމާއި، އެ ޝަކުވާތައް ބެލޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން، އެފަދަ ޝަކުވާ ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހެޅުމުގެ އުސޫލުތަކާއި، ހުށަހެޅޭ ޝަކުވާތައް ބެލުމުގެ އިޖުރާއަތުތަކާއި، ޖޫރިމަނާކުރި ކުރުން މުރާޖަޢާކުރެވޭނެ ހާލަތްތަކާއި، ހަމަހަމަކަމާއެކު އެކަން ކުރެވޭނެ އުސޫލުތައް ބަޔާންކޮށް ގަވައިދެއް ވަނީ ގެޒެޓްކޮށްފައެވެ.

އެ ގަވައިދުގައި ބުނާ ގޮތުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު، ޖޫރިމަނާ ކުރެވިފައިވާ ކޮންމެ ފަރާތަކަށް ވެސް ލިބިގެންވެއެވެ. އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާ ހުށަހެޅޭނީ، އެ ޝަކުވާ ބިނާކޮށްފައިވާ އަސާސަކީ ހަތަރު ސަބަބުން ކުރެ ސަބަބެއް އޮވެއެވެ.

އޭގެތެރޭގައި ޖޫރިމަނާ ކޮށްފައިވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ޖޫރިމަނާއެއް ކުރެވިދާނެކަމުގައި ބަޔާންކޮށްފައިނުވާ ހާލަތެއްގައި ކަމަށް ވުމާއިއެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރަންޖެހޭ ހާލަތު ނުވަތަ ސަބަބު ޙަޤީޤަތުގައި މެދުވެރިވެފައި ނެތީސް ޖޫރިމަނާ ކުރުމާއި ޖޫރިމަނާ ކޮށްފައިވަނީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ޖޫރިމަނާ ކުރަންޖެހޭ ފަރާތް ނޫން އެހެން ފަރާތެއް ކަމުގައި ވުން ހިމެނެއެވެ.

އޭގެ އިތުރުން ޖޫރިމަނާ ކޮށްފައިވާ އަދަދަކީ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރަން ޖެހޭ ސައްހަ އަދަދުން ކޮށްފައިވާ ޖޫރިމަނާއަކަށް ނުވުމަކީ ވެސް ޝަކުވާ ހުށަހެޅޭނެ ސަބަބެކެވެ.

ވަކި ޝަކުވާއެއް ބިނާކޮށްފައިވާ އަސާސަކީ، ޖޫރިމަނާކުރަން މެދުވެރިވީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޚިލާފު ޢަމަލު ހިނގައިފައިވަނީ ޖޫރިމަނާކުރެވުނު ފަރާތުގެ އަމިއްލަ ބާރު ނުފޯރާފަދަ މަޤްބޫލު ސަބަބެއް މެދުވެރިވެގެން ކަމުގައި ވާނަމަ، އެފަދަ ޝަކުވާތައް ބަލައިގަތުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ވެސް ގަވައިދުގައި ބުނެއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާއާ ގުޅިގެން ޝަކުވާ ހުށަހަޅާނީ މިނިސްޓްރީން އެކަމަށް ކަނޑައަޅައިފައިވާ ފޯމުން، މިނިސްޓްރީއަށެވެ. އީމެއިލް މެދުވެރިކޮށް ވެސް ފޯމް ހުށަހެޅޭނެއެވެ.

ގަވައިދު ބުނާ ގޮތުން ބުނާ ގޮތުން ނަމަ އެއްކޮޅަށް ދުއްވަންޖެހޭ މަގުތަކުގައި އެއާ ހިލާފަށް ދުއްވުމާއި ޓްރެފިކް ބައްތިއާ ހިލާފަށް ދުއްވި ދުއްވުމުގެ ފުރަތަމަ ފަހަރަށް ނަމަ 500ރ. އިން ޖޫރިމަނާކުރެއެވެ. އަދި ދެވަނަ ފަހަރަށްނަމަ 1,000ރ. އިން އަދި ދެ ފަހަރަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 1,500ރ. އިން ޖޫރިމަނާކުރުމެވެ.

މީގެ އިތުރުން ޓްރެފިކާ ގުޅޭ އެހެން ކުށްތަކުގައި ފުރަތަމަ ފަހަރަށް 250ރ. ޖޫރިމަނާ ކުރެއެވެ. އަދި ދެ ވަނަ ފަހަރު 500ރ. އިން އަދި އޭގެ ފަހުން ކޮންމެ ފަހަރަކަށް 750ރ. އިން ޖޫރިމަނާކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: