ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރުތިލަފަޅު އެއްބަސްވުމުގައިވާ ކަންކަން ހާމަކުރުމަށް ހަސަން ލަތީފު، ސަރުކާރަށް ގޮވާލައިފި

ހެންވޭރު ހުޅަންގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ހަދާފައިވާ އުތުރުތިލަފަޅު އެއްބަސްވުމުގައިވާ ކަންކަން ހާމަކޮށް އެކަންކަމުގެ މައުލޫމާތު ދިވެހި ރައްޔިތުންނާއި ހިއްސާ ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ސަރުކާރަށް ގޮވާލައިފިއެވެ.

ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުުތުރު ތިލަފަޅު އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށް ދިނުމަކީ ބޭނުންތެރިކަމެއް ކަމަށެވެ. އަދި ފޮރުވައިގެން ސިއްރު ކަންކަން ކުރަން ނޫޅޭކަމާއި، އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފު ކޮށްދިނުމަކީ ބޭނުންތެރިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އިންޑިއާއާއިން ހޯދަމުންދަނީ ކޮން ބާވަތްތަކުގެ އެހީތަކެއްކަމެއް ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށްބުން އަދި އެމީހުން ރާއްޖެއިން ބޭރުމަށް ގޮވާލާ އިދިކޮޅުން އިއްޔަ މާލޭގައި ހިނގާލުމެއް ބާއްވާފައިވާއިރު، އެ ހިނގާލުމުގައިވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެފައިވެއެވެ.

ތިން އަހަރުގެ ތެރޭގައި ކޯސްޓްގާޑު ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

އެގްރިމެންޓާ ގުޅޭ އިތުރު ތަފްސީލު ހާމަނުކޮށް އުޅެނިކޮށް، އޭގެ ޑްރާފްޓް ކޮޕީއެއް ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ލިޔުންތަކެއް އާންމުކުރައްވައިފަ އެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ޔޫޓީއެފް އެގްރިމެންޓް ހިމެނޭހެން، ރާއްޖޭގެ މިނިވަންކަން ގެއްލޭ އެއްބަސްވުންތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ދާން ވެސް ނިންމައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: