ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޖާ މަރުވީ ވިހެއުމުގެ ތެރޭގައި ކޮނޑު ތާށިވެގެން: އޭއީއެޗް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވިހެއުމުގެ ތެރޭގައި ރޭ ފަތިހު ކުއްޖަކު މަރުވީ ކޮނޑު ތާށިވުމުގެ ސަބަބުން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އޭއީއެޗުން ނެރުނު ބަޔާނުގައި ބުނީ ކުއްޖާ މަރުވުމަށް މެދުވެރިވީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވެ (ޝޯލްޑާ ޑިސްޓޯޝިއާ) ދިމާވި ކޮމްޕްލިކޭޝަނެއްގެ ސަބަބުން ކަމަށެވެ.

ޝޯލްޑާ ޑިސްޓޯޝިއާ އަކީ މަދުން ނަމަވެސް ދިމާވުމުން އޭގެ ސަބަބުން މައިމީހާއާ ކުއްޖާގެ ފުރާނައަށް ނުރައްކާވާ ހާލަތަކެވެ.

“މި ހާދިސާގައި ކުއްޖާ ވިއްސުމަށްފަހު ތުއްތު ދަރިފުޅު ރިސައިޓޭޓް ކުރެވިފައިވޭ. ނަމަވެސް ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައި” އެ ބަޔާނުގައި ވެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ރަނގަޅުކުރަން ޖެހޭ ކަންކަން ބަލާނެ ކަަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: