ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ނިޔާވި ކުއްޖާގެ މައްސަލައިގެ ރިޕޯޓު ނިމޭނެ ދުވަހެއް އަދި ނޭނގެ: ހެލްތް މިނިސްޓްރީ

އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އިހުމާލުން ނިޔާވި ތުއްތު ކުއްޖާގެ މައްސަލަ ދަނީ ބަލަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގައި ހުންނަ އިކުއަޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނުން ލަސް ކުރި ކަމަށް އާއިލާއިން ބުނާ ތިން މަހުގެ ތުއްތު ކުއްޖާގެ މައްސަލަ ބެލުމަށްފަހު ރިޕޯޓު އާންމު ކުރާނެ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެފިއެވެ.

މިދިޔަ ހޮނިހިރުދުވަހު ނިޔާވި އެކުއްޖާއަކީ ދުވަސް ނުުފުރާ، ބަނޑަށް އަށް މަހުގައި ސިޒޭރިއަން ހަދައިގެން ނެގި ކުއްޖެކެވެ. ދުނިޔެއަށް އުފަންވުމަށްފަހު ތިން މަސްވަންދެން ވެސް އެކުއްޖާގެ ހާލު ރަނގަޅު ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް ތިން މަސްފުރުނުތަނާ ކުއްޖާ މައިމީހާގާތުން ބުއިން ހުއްޓާލުމާއި ގުޅިގެން މިމަހުގެ 19 ވަނަ ދުވަހު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް އެކުއްޖާ ގެންދިޔަ ކަމަށެވެ.

ކަންހިނގި ގޮތް މީޑިއާތަކަށް ތަފްސީލްކޮށްދެމުން އާއިލާއިން ބުނީ އެ ދުވަހު މެންދުރު ހޮސްޕިޓަލަށް ގެންދިޔަ ގޮތަށް އީއާރުގައި ބޭއްވުމަށްފަހު ބްލަޑް ސާމްޕަލްއެއް ނެގި ކަމަށެވެ. އެވަރުން ނުފުދިގެން އަނެއްކާވެސް ދެވަނަ ސާމްޕަލްއެއް ނެގި ކަމަށެވެ. ކުއްޖާ ގާތުން ބުއިން ހުއްޓާލި ސަބަބު އެގޭނީ ޓެސްޓްތަކެއް ހަދައިގެން ކަމަށް ބުނެ އެކުއްޖާއަށް އެއްވެސް ފަރުވާއެއް ނުދީ ބޭއްވީ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އެހާތަނަށްވެސް ކުއްޖާއަށް އެއްވެސް ފަރުވާއެއް ނުދިނުމުން ފަރުވާ ނުދެނީ ކީއްވެތޯ ސުވާލު ކުރުމުން ކުއްޖާ ކުޑަކުދިންގެ ވޯޑުގައި އެޑްމިޓް ކުރިކަމަށް އާއިލާއިން ބުންޏެވެ. ކުއްޖާގެ ހާލު ގޮސްވީ ވޯޑުގައި އޮއްވާ ކަމަށާއި އަދި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން އެހާހިސާބުން އެމަޖެންސީކޮށް މާލެ ފުރުވާލިކަމަށެވެ. މާލެ ފުރުވާލި އިރު ފުރުވާލީ އިކުއަޓޯރިއަލް ހޮސްޕިޓަލުން އެއްވެސް ފުރުވާއެއް ނުލިބިކަން އާއިލާއިން ފާހަގަކުރިއެވެ.

މާލެ ގެނެސް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ފައިސަލްއާ ހަވާލާދީ އާއިލާއިން ބުނީ ކުއްޖާ ނިޔާވީ ހިތުގެ މައްސަލައަކާއި ގުޅިގެން ކަމަށާއި ވަގުތުން ފަރުވާދެވުނު ނަމަ ރަނގަޅުވާނެ ކަމަށެވެ.

މި މައްސަލަ މިޙާރު ތަހުގީގު ކުރަމުން އަންނައިރު، ސަންގަށް މައުލޫޟާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރ ފާތިމަތް ޝޫބާ ވިދާޅުވީ މައްސަލަ އަދިވެސް ބަލަމުންދާ ކަމަށާއި އޭގެ ފަހުން ކަން ހިނގައި ދިޔަ ގޮތުގެ ރިޕޯޓެއް ހިއްސާކުރެވޭނެކަމަށެވެ. ރިޕޯޓު ނިމޭނެ ސީދާ ތާރީހެއް އަދި ނޭގޭ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ހޮސްޕިޓަލުގެ އިހުމާލުން ތުއްތު ކުދިން ނިޔާވާ މައްސަލަތަށް އިތުރު ވެފައިވާ އިރު މި މައްސަލަތަށް ނުބެލި ފިޔަވަޅުނޭޅޭ ކަމީ މިހާރު އުފެދިފައިވާ ކަންބޮޑުވުމެކެވެ. މިދިޔަ ހަފްތާގެ ތެރޭގައި ގދ. ތިނަދޫ ގައި ވެސް ވަނީ ހޮސްޕިޓަލުގެ އިހުމާލުން 3 މަހުގެ ތުއްތު ކުއްޖަކަށް ފަރުވާނުލިބިގެން ނިޔާވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: