ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްމާއިލްގެ ރައްދު ހަސަންއަށް: ސުވާލު އުފެދޭނަމަ ގާނޫނީ ޒިންމާ އަދާކުރައްވާ!

ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރުތިލަފަޅު އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދިނުން ބޭނުންތެރިކަމަށް އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފް ވިދާޅުވި ވާހަކައަށް ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާޢީލް އަޙްމަދު ރައްދު ދެއްވައިފިއެވެ.

ހަސަން މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، އުތުރުތިލަފަޅު އެއްބަސްވުމުގައިވާ ކަންކަމުގެ މައުލުމާތު ރައްޔިތުންނަށް ސާފުކޮށްދިނުން މުހިންމު ކަމަށާއި، ފޮރުވައިގެން ސިއްރުން ކަމެއް ކުރަން ނޫޅޭކަން ސާފުކޮށްދޭންޖެހޭކަމަށެވެ. އަދި އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާގޮތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރިކަމެއްކަމަށް ދެކޭކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހަސަން ލަތީފްގެ މި ޓްވީޓަށް ރައްދު ދެއްވާ މެމްބަރު އިސްމާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމްތަތަކުގެ ކޮމިޓީ (241 ކޮމިޓީ)ގައި ހަސަން އިންނަވައި އޭގެ އަސްލު ޒިންމާ އަދަކުރެއްވުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި އެވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް ކަމަށެވެ.

“ސުވާލު އުފެދޭނަމަ ހަވާލުވެ ހުންނެވި ގާނޫނީ ޒިންމާ އަދާކުރުމަށް ހަނދުމަކޮށް އަރުވަން.” އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލްގެ އެވާހަކައަށް ރައްދު ދެއްވަމުން ހަސަން ލަތީފު ވިދާޅުވީ ޔޫޓީއެފްގެ ވާހަކަ ދައްކަނީ ސުވާލު އުފެދޭތީއެއް ނޫން ކަމަށާއި އެ އެއްބަސްވުން ވަރަށް ރަނގަޅު ކަމަށެވެ. ނަމަވެސް އިދިކޮޅުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރާއިރު، ކަންކަން އޮތް ގޮތް ކިޔާ ނުދޭނަމަ، އޮޅުވާލާ މީހުންނަށް ފުރުސަތު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ އެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޮމިޓީއަށް ޑިފެންސާއި އެމްއެންޑީއެފްގެ އިސްވެރިން ވަނީ ހާޒިރުކޮށްފައެވެ.

އެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އިންޑިއާގެ އެހީގައި އުުތުރު ތިލަފަޅުގައި ގާއިމުކުރާ ވަސީލަތްތަކަަކީ، 2016 ވަނަ އަހަރު އޭރުގެ ސަރުކާރުން އިންޑިއާއާއެކު އެކުލަވައިލި އެކްޝަން ޕްލޭންގެ ތެރެއިން ތަރުތީބުވެގެން ދައުލަތެެއްހެން ގައުމުގެ ދިފާއުގެ ކަންތައްތައް ހިންގަމުންދިއުމަށް ގާއިމު ކުރާ ވަސީލަތްތަކެއް ކަމަށެވެ.

އުތުރު ތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ގާއިމުކުރުމަކީ ކޯސްޓްގާޑަށް އެކަމުގެ މުހިއްމުކަމާއި ބޭނުންތެރިކަން ބޮޑުވެގެން ކުރިއަށްގެންދާ ކަންތައްތަކެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިނގާލުން އިއްޔަ ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހިނގާލުމުގެ ބައިވެރިން ވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭރުކުރުމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ބާތިލުކޮށް އެފަދަ އަމަލުތައް ކުރުން ހުއްޓާލުމަށް ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: