ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތިގެދޮރު ކުއްޔަށް ދިނުމާއި ބެހޭ ބިލު ތަސްދީގުކޮށްފި

ރައީސްުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

މިއަދު ތަސްދީގު ކުރެވުނު މި ބިލަކީ ދިވެހިރާއްޖޭގެ ގޯތި ގެދޮރު ކުއްޔަށް ދިނުމާއި ކުއްޔަށް ހިފުމާއި ގުޅޭގޮތުން ކުއްޔާއި ގުޅުން ހުރި ފަރާތްތަކުގެ ހައްގުތައް ބަޔާންކރުމުކގެ ގޮތުނ ތަސްދީގުކޮށްފައިވާ ބިލެކެވެ. މިބިލުގައި ދިރިއުޅުމަށްޓަކައި ކުއްޔަށް ދޫ ކުރާ ތަންތަނުގައި ހުންނަން ޖެހޭ އަސާސީ މިންގަނޑުތައް ކަނޑާއަޅައި، ކުލީގެ މުއާމަލާތާއި ގުޅިގެން އުފެދޭ ދެބަސްވުންތައް ހައްލުކުރުމަގައި ގެންގުޅެން ޖެހޭ އުސޫލުތައް ހިމަނާފައިވެއެވެ.

ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ މިބިލު މަގްސަދަކީ ކުއްޔާއި ގުޅުން ހުރި ފަރާތްތަކުގެ ހައްގުތައް ބަޔާން ކުރުމަގއި ތަނުގައި ހުންނަން ޖެހޭ މިންގަނޑުތައް ބަޔާން ކުރުުމުގެ އިތުރުން ކުއްޔަށް ދޫ ކުރާ ތަންތަނުގެ ހާލަތާއި ގުޅިގެން އުފެދޭ މައްސަލަތަކާއި ޝަކުވާތައް ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމަށް ކަނޑައަޅާފައި ވަނީ ގަނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކިރާ ތާރީހުން ފެށިގެންނެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 28 ވަނަ މާއްދާއާއި “ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ގަވާއިދު” ގައި ދިރިއުޅުމަށް ކުއްޔަށްދިނުމާ ގުޅޭގޮތުން ހިމަނާފައިވާ އެންމެހައި މާއްދާތައް އުވިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: