ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ނުހައްގުން ކުރާ ކޮންމެ އަނިޔާއެއްގެ ވަށައިގެންވާ އެންމެން ހޯދޭނެ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރަައީސް އަބްދުﷲ ޔާމީން އަށް ނުހައްގުން ކުރާ ކޮންމެ އަނިޔާއެއްގެ ވަށައިގެންވާ އެންމެން ހޯދޭނެ ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޕީޖީ އޮފީހުން އިއްޔެ ވަނީ ރައީސް ޔާމީން އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ދައުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

މިކަމާ ގުޅިގެން ޝުޖާ ވިދާޅުވީ މިއަދަކީ ރައީސް ސޯލިހުގެ އަނިޔާވެރިކަން ދައްކާލާ ދުވަހެއް ކަމަށާ ނަމަވެސް އެމަނިކުފާނުގެ އަނިޔާވެރިކަން ނިމެން ކައިރިވެއްޖެ ކަމަށެވެ. އަދި ރައީސް ޔާމީނަށް ނުހައްގުން ކުރާ ކޮންމެ އަނިޔާއެއްގެ ވަށައިގެންވާ އެންމެން ހޯދޭނެ ކަމަށާ އެ މީހަކު ކުރިކަމެއް އެމީހަކާ ގާނޫނީ އިމުގެ ތެރެއިން ބައްދަލު ކުރާނެ ކަމަށެވެ.

“ރައީސް ޔާމީނަށް ނުހައްގު ދައުވާތައް އުފުލަނީ ރައީސް ސޯލިހާއި ރައީސް ނަޝީދު ގަންނާކުރައްވާ ބިރުން. މިއީ ފިނޑިބައެއް. އަޅުގަނޑުމެން މި ތިބީ ދޫދޭގޮތަކަށް ނޫން. ތިޔަ އަނިޔާވެރިންގެ ކުރިމަތީ ރައީސް ޔާމީން އާއި ރައީސް ޔާމީންގެ ޕާޓީގެ ލީޑަޝިޕާއި ކައުންސިލް އަދި ގްރާސްރޫޓް ކުޑަކަކޫ ނުޖަހާނަން،” ޝުޖާއު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: