ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ކެންދޫ، ބ. ދަރަވަންދޫ އަދި ސ. ހިތަދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރު ގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ކެންދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށްޓަކައި 17 ބްރޭކްވޯޓަރ ޤާއިމްކުރުމާއި، ދެ ޕްރޮއިން (ޖުމުލަ 90 މީޓަރ) ޤާއިމްކުރުމާއި، 80 މީޓަރގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމުގެ އިތުރުން 40×20 މީޓަރުގެ ސަރަޙައްދެއް ފުންކޮށް މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކުރުން ހިމެނެއެވެ.

އެއްއަހަރު ދުވަހުގެ މުއްދަތަށް ހިންގާ މިމަސައްކަތުގެ އަގަކީ 39991000.54 ރުފިޔާއެވެ.

ދަރަވަންދޫގައި ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށްޓަކައި ހަތް ބްރޭކްވޯޓަރ (ޖުމުލަ 490 މީޓަރ) އަދި 96 މީޓަރުގެ ރިވެޓްމަންޓެއް ޤާއިމްކުރަން ޖެހެއެވެ. އަދި އުތުރުފަރާތު ގޮނޑުދޮށް ވެލިން މުއްސަނދިކުރަން ޖެހެއެވެ.

180 ދުވަހުގެ ތެރޭ ނިންމަންޖެހޭ މިމަސައްކަތަށް އެއްބަސްވެފައިވާ އަގަކީ 22145859.20 ރުފިޔާއެވެ.

ހިތަދޫގައި ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި ރަށުގެ ހުޅަނގުފަރާތުން 570 މީޓަރގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ރިވެޓްމަންޓެއް ޤާއިމްކުރުރުމާއި، 50×15 މީޓަރގެ ސަރަޙައްދެއް ފުންކޮށް މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކުރުމުގެ އިތުރުން 100 މީޓަރގެ ބޮޑުހިލައިގެ ބްރޭކްވޯޓަރއެއް ޤާއިމްކުރުން ހިމެނެއެވެ.

165 ދުވަހުގެ ތެރޭ ނިންމަން އެއްބަސްވެފައިވާ މިމަސައްކަތަށް ކަނޑައެޅިފައިވާ އަގަކީ 11645907.30ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: