ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްރިކާއިން ފެނުނު ކޮވިޑުގެ އާ ވޭރިއެންޓުގެ ބިރުވެރިކަން ބޮޑުވެ، ޓެގް ގެ ބައްދަލުވުމެއް މިއަދު!

ކޮވިޑުގެ ނުރައްކާތެރި ވޭރިއަންޓެއް ފެނި ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނު އެފްރިކާއިން ފެނުނު ކޮވިޑުގެ އައު ވޭރިއެންޓެއް ކަމަށްވާ އޮމިކްރޯނު، އާއްމުވުމާއި ގުޅިގެން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފިއެވެ.

ޓެގް ގެ މި މީޓިންގ އަކީ ކޮވިޑު 19 ގެ އަސްލާއި ހިލާފަށް ގިނަ މިއުޓޭޝަންތަކެއް އެކުލެވިގެން އުފެދިފައިވާ އޯމިކްރޯގެ ނުރައްކާ ބޮޑުވެ، ދުނިޔޭގެ ގައުމުތަކުން ވެސް ފިޔަވަޅު އަޅަމުންދާތީ ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި މިކަމާއި ގުޅިގެން އަޅާނެ ފިޔަވަޅުތައް މަޝްވަރާ ކުރާނެ އެވެ.

ޓެގު ޓީމާއި އެކު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަން ފާހަގަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ވިދާޅުވީ ކޮވިޑްގެ އާ ވޭރިއަންޓް، އޮމިކްރޮންއަކީ ރާއްޖެއަށް އޮތް ކަންބޮޑުވުމެއް ކަމަށެވެ. ޓެގްއިން ކުރިއަށް އޮތްތަނުގައި މި ވޭރިއެންޓް ގެ ސަބަބުން ރާއްޖެއަށް ދިމާވެދާނެ ގެއްލުމަކުން ރާއްކާތެރިވުމަށް މަޝްވަރާކރުމުގެ އިތުރުން، ރައްޔިތުންގެ ސަލާމަތަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާި ގުޅޭ ގޮތުން މަޝްވަރާކުރާނެއެވެ. އެނގިފައިވާ ގޮތުން މިއަދުގެ ބައްދަލުވުމުގައި ނިންމާ ނިންމުންތައް މާދަމާ އިއުލާނު ކުރާނެ އެވެ.

އޮމމިކްރޯން“ އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން އާއްމުކުރި ވީޑިއޯގައި ބުނެފައިވަނީ މި ވޭރިއެންޓް އެފްރިކާއިން ފެންނަން ފެށުމާއި ގުޅިގެން ލިބުނު މައުލޫމާތާއި އެކު މި ވޭރިެންޓްއަކީ ވޭރިއެންޓް އޮފް ކޮންސާންގެ ގޮތުގައި ފާހަގަކުރެވިގެން ގޮސްފައިވާ ކަމަށެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 65%ވަރަށް ދެރަ 2%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: