ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅުގައި ޕޯޓު އެޅިއަސް ބޯހިޔާވަހިކަމަށް ބިން ދޫކުރެވޭނެ: މުއިއްޒު

މާލެ ސިޓީ ކައުންސިލް މޭޔަރ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ:- އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވިޔަފާރީގެ ބަނދަރު ގުޅިފަޅުގައި އަޅާފައި ވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ބިން ދޫކުރެވޭނެކަމަށް މާލެ ސިޓިގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުން ފާހަގަކުރުމުގެ ބޭއްވި ރަސްމިއްޔާތުގައި ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވާ އެންމެ ބޮޑު މައްސަލަކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ ހައްލަކީ ގުޅިފަޅާއި ހުޅުމާލެ ދެވަނަ ފިޔަވަހި ކަމަށެވެ. އަދި ގުޅިފަޅުގައި ވިޔަފާރި ބޭނުމަށް ބަނދަރު އެޅިނަމަވެސް، ގެދޮރު އެޅުމަށް ރައްޔިތުންނަށް ގުޅީފަޅުން ބިން ދެވޭނެ ކަމަށް ޑރ. މުއިއްޒު ތަކުރާރުކޮށް ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މާލޭގެ ރައްޔިުންގެ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް މުއްސަނދިންނަށް ބިން ވިއްކުމުގެ ކުރިން ރައްޔިތުންނަށް ގެދޮރު އެޅުމަށް ގުޅީފަޅުން ބިން ދޭންޖެހެ އެވެ. އަދި ގުޅީފަޅުގައި ޕޯޓު އެޅިނަމަވެސް ހުޅުމާލެ ދެވަަނަ ފިޔަވަހި ވަރުގެ ޖާގައެއްގައި ރައްޔިތުންނަށް ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅީފަޅުގެ ފަޅު ހިއްކައިގެން ނަމަވެސް މާލޭގެ ރައްޔިތުންގެ ތެރެއިން 30،000 މީހުންނަށް އެކަނިވެސް ގޯތި ދެވޭނެ ގޮތް އެބައޮތް ކަމަށް ޑރ. މުއިއްޒު ގަބޫލުކުރެއެވެ. ގުޅީފަޅުގައި ޕޯޓު އެޅުމަށް ސަރުކާރުން ނިންމުމާއި އެކު، ސިޓީ ކައުންސިލާއި ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދުނުކަމަށް ފާހަގަކުރަމުން މުއިއްޒު ވިދާޅުވީ ގުޅީފަޅުގައި ޕޯޓު އެޅުމުގެ އިތުރުން ރައްޔިތުންނަށް ދިމާވަމުންދާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައި ދިނުމަށް އެދި ރައީސުލްޖުމހޫރިއްޔާއަށް ދަންނަވާފައިވަނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މުއިއްޒު ވަނީ ގުޅިފަޅު ބޭނުންކޮށްގެން ބޯހިޔާވަހިކަމަށް ހައްލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ކުރާ މަސައްކަތުގެ ބާރު މިން އަވަސް ކުރުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: