ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗްގައި އުފަންވާ ކުދިންނަށް އެސްޓީއޯގެ ހަދިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގައި އަލަށް އުފަންވާ ކުދިންނަށް ބޭނުންވާ ބާވަތްތަކެއް ހިމެނޭ ގޮތަށް ހަދިޔާ ދިނުމުގެ ކެމްޕޭނެއް އެސްޓީއޯ އިން އަލުން ފަށައިފި އެވެ.

އައިޖީއެމްއެޗުގައި އުފަންވާ ކުދިންނަށް ހަދިޔާ ދިނުމުގެ ޕްރޮގްރާމް އެސްޓީއޯ އިން ފެށީ މިދިޔަ އަހަރު އެވެ. ޕްރޮގްރާމު މެދުކަނޑާލީ ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ.

އެސްޓީއޯ އިން ދޭ ހަދިޔާ — ގިފްޓް ހެމްޕާގައި ހިމަނާފައިވަނީ އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކަމުން ގެންދާ ޕިއުރިޓީ ބްރޭންޑުން އަލަށް ތައާރަފުކުރި ރީތިވާ ސާމާނުގެ ބާވަތްތަކެކެވެ.

ޕިއުރިޓީ ބްރޭންޑުގެ އުފެއްދުންތަކަކީ ކުޑަކުދިންގެ ހަންގަނޑަށް އަރާމު ލިބޭ ދުޅަހެޔޮ މާއްދާތަކެއް އެކުލެވޭ ބާވަތްތަކަކަށް ވާތީ ޕިއުރިޓީ ބްރޭންޑަކީ ދިވެހިންގެ މެދުގައި މަގުބޫލުވަމުންދާ ބްރޭންޑެއް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯ އިން މިދިޔަ ހަފްތާގައި ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އަލަށް އުފަންވި ކުދިންނަށް ވެސް ހަދިޔާ ދީފަ އެވެ. އެ ކުދިންނަށް ހަދިޔާގެ ގޮތުގައި ދީފައިވަނީ ހަގީސް ނެޕީ އާއި ހަގީސްގެ ވޮންޑާ ޕޭންޓްސް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: