ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާފުތާހިރުކަން ކުޑަވެގެން “ދޮންގޮއްޔެ” ބްރޭންޑުގެ ކާބޯތަކެތި މަނާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސާފުތާހިރުކަން ކުޑަވެގެން “ދޮންގޮއްޔެ” ބްރޭންޑުގެ ކާބޯތަކެތި ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

އެމްއެފްޑީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާ އަކާއި ގުޅިގެން ‘ދޮންގޮއްޔެ” ބްރޭންޑްގެ ކާބޯތަކެތި އުފައްދާ ތަން އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.

އެ އިންސްޕެކްޝަންގައި ތަނުގެ އާއްމު ސާފުތާހިރުކަން ވަރަށް ދަށްކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީން ބުންޏެވެ. އެހެންކަމުން އެ ކާބޯތަކެތި ތައްޔާރުކުރާތަން އިސްލާޙު ނުކޮށް އެތަނުން އުފައްދާ އަދި ބަންދުކުރާ ތަކެތި ބޭނުންކުރުމަ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރުކުރުވާ އަދި ކާބޯތަކެތީގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރި ވުމުގެ ފުރުސަތު އޮތްކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެހެންކަމުން މިހާތަނަށް ބާޒާރުގައި ހުރި މި ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއް ކަމުގައި އާއްމުކޮށް އަންގާ، އެމްއެފްޑީން ވަނީ އިއުލާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: